ފިތުރު އީދުގެ މުނާސަބަތުގައި ބާއްވާ ސީސީ ކަޕް މިއަދު ހަވީރު ފަށައިފި އެވެ.
އޭދަފުށީ ސްޓޭޖް ސަރަހައްދުގައި 11 ޓީމާއެކު ފެށި މުބާރާތުގައި ހަވީރާއި މިރޭ ފަސްމެޗު ކުޅުނެވެ.
މުބާރާތުގެ ގްރޫޕް އެކެއްގައި އެފްސީ ޑޮލަރު އަތުން 4-1 އިން ވީ ޔުނައިޓެޑްމޮޅުވިއިރު ވެލާ ޖޫނިއާސް އަތުން 3-2 އިން އެފްސީ ރުއްގަނޑު ވަނީ މޮޅުވެފަ އެވެ.
ގްރޫޕް ދޭއްގައި ޑައުންޓައުން އަތުން 4-1 އިންއެފްސީ ސޫޕް މޮޅުވިއިރު ބްލޫސް އާއި އެއްލަކިން ބައްދަލުކުރުމަށް ހަމަޖެހުނު މެޗަށް ބްލޫސް ޓީމު ހާޒިރުވުމުގެ ސަބަބުން އެއްލަކިން ޓީމަށް މެޗު ލިބިފަ އެވެ.
ގްރޫޕް ތިނެއްގައި މިރޭ ކުޅުނީ އެންމެ މެޗެކެވެ. މި މެޗުގައިވެލާ ސްޕޯޓްސް އާއި ކަޅުއޮށް ކަޓޫރަ ވާދަކޮށް 2-1 އިން ކާމިޔާބުކުރީ ކަޅުއޮށް ކަޓޫރަ އެވެ.
މި މުބާރާތުގެ ކުޅުން މާދަމާ ހަވީރާއި މިރޭ ވެސް ކުރިއަށްދާނެ އެވެ.
ކައުންސިލް ބިރުގަނޭ ދޯ ސީސީ މީހުންދެކެ!!!!!!
ކައުންސިލްގެ އެވެސް ބާރެއް ނެތް ކަން މިކަމުންވެސް އެނގިގެން އެދިޔައީ!!! ދެންވެސް އިސްތިއުފާދީފަ ގެޔަށް ވަޑައިގަތުން ރަނގަޅުވާނެކަމަށް ފެނޭ!!!