
މިއަދު މުހިއްމީ މެންބަރުކަން ނޫންކަމަށާއި މުހިއްމީ މި ގައުމު ހަމައަކަށް އެޅުވުންކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ހަރަކާތްތައް އޭދަފުށީގައި ފެށުމަށްޓަކައި ރޭ ޕާޓީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ސަލީމު ވިދާޅުވީ މިއަދު މަޖިލިސް މެންބަރުކަމަށްވުރެ އޭނާ އަށް މުހިއްމީ ގައުމު ހަމައަކަށް އެޅުވުންކަމަށާއި މި ގައުމު ހަމައަކަށް އެޅުވެން އޮތީ ހަގީގަތުގައި ޕީޕީއެމް އިން ނުކުމެ ތިބި ދެ ބޭފުޅުން ވެރިކަމަށް ގެނަސްގެންކަމަށެވެ.
“މި ގައުމުގައި ހުރި އިގްތިސާދީ އެންމެ ވަރުގަދަ މީހަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން. އިގްތިސާދީގޮތުން މިއަދު ގައުމު ހަމައަކަށް އެޅުވެނީވެސް ޔާމީނަށް.” ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ރައްޔިތުން މަޖިލީހަށް ވަނުމަކީ އޭނާ ކުރިން ގެންގުޅުއްވި ވިސްނުންފުޅެއް ނޫން ކަމަށާއި މެންބަރުކަމުގައި ނެތަސް އޭދަފުށީ ރައްޔިތުންނަށް އޭނާ ނުގެއްލޭނެ ކަމަށެވެ.
“އޭރު މަޖިލިސް މެންބަރުކަމަކީ އަޅުގަނޑުގެ ޚިޔާލަށްވެސް އައި އަދި ވިސްނުމުގައިވެސް ހުރިކަމެއް ނޫން. އެހެންނަމަވެސް އަޅުގަނޑުމެންނަށް ފެނިގެންދިޔައި މަޖިލިސް ތެރެއިން ބައެއް މެންބަރުން ރީކޯ މޫސާ މެން ކަހަލަ ބޭފުޅުން އަޅުގަނޑުމެންގެ މީހުންނާ ދިމާލަށް ވަރަށް ހަޑިހުތުރު ބަހުން ހަޅޭލަވާތަން. އެހެން ނަމަވެސް އަޅުގަނޑުމެން ތެރެއިން އެއްވެސް މީހަކަށް އެއަށް ޖަވާބުދާރީ އެއް ނުވެވޭ. ޚާއްސަކޮށް ކުރީގެ ބ. އަތޮޅުގެ ދެ މެންބަރުންނަކީ ވޭތުވެދިޔަ ފަނަރަ ނުވަތަ ވިއްސަކަށް އަހަރު މަޖިލީހުގައި އެއްވެސް ކަހަލަ ވަކާލާތެއްކޮށްފައި ތިބި ބައެއްނޫން. އެކަމުގެ މަލާމަތްތައްވެސް މިދާއިރާއަށް އައީ ރައްދުވަމުން.” ސަލީމު ވިދާޅުވި އެވެ.
ތިޔަ ޖަލްސާ ޔަށް ކިތަކަށް މީހުން ދިޔަބާ! ލޮލް
އަޅުގަނޑަށް މުހިއްމީ މެންބަރުކަމެއް ނޫން: ސަލީމް… ތިޔައީ އެނގޭ ކަމެކެވެ. ސަލީމްއަށް މުހިންމީ އެތަނުން ލިބޭ ފައިސާ ގަނޑެވެ. އަދި އެކިނަންނަމުގައި ލިބޭ އިނާޔަތްތަކެވެ. ސަލީމް އަށް ވޯޓު ނުދީފިއްޔާ… ސަލީމް އޭދަފުށީ ރައްޔިތުންނަށް ކުރިންވެދެއްވާފައިވާ އެހީ ތަކުގެ ބިލް ފޮނުވާނަމޭ ބުނެ ބިރުދައްކައިފައި ނުވޭތޯ؟؟؟
ކިޔުންތެރިން އިންސާފް ކުރައްވާ!!!!
އެންމެންވެސް ޤަބޫލުކުރާގޮތުގައި ޔާމީނަކީ މި ގައުމުގައި ހުރި އިގްތިސާދީ އެންމެ ވަރުގަދަ މީހާއެވެ. ނަމަވެސް.. ސުވާލަކީ ޔާމީންގެ ގާބިލްކަން ޔާމީން ބޭނުންކުރެއްވީ މިޤައުމަށް ފައިދާ ހޯއްދަވައި ދެއްވުމަށްތޯ ؟؟؟؟ ނޫނީ ޔާމީން ގެ އަމިއްލަ ފައިދާ ގައިތޯ؟؟؟
ކިޔުންތެރިން އިންސާފް ކުރައްވާ!!!!