ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އޭދަފުށީގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އޭދަފުއްޓަށް  ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ:
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އޭދަފުއްޓަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ:

 

އެމްޑީޕީން “އާބާރެއް އެއްބުރުން” މިނަމުގައި ބައެއް އަތޮޅުތަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ހަވީރު އޭދަފުއްޓަށް ވަޑައިގެންފި އެވެ

އެމްޑީޕީން ބުނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށްޓަކައި އެމްޑީޕީން މިހާރު ކުރަމުންގެންދާ ފޯރިގަދަ ކެމްޕެއިންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި އެމްޑީޕީގެ ސިޔާސަތުތަކަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގިނަމަސައްކަތްތަކެއް ކުރެވޭނެކަމަށެވެ.

މީގެއިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ވޯޓް ލާންވީ ސަބަބުތައް ރައްޔިތުންނަށް އޮޅުންފިލުވައި ދެއްވާނެކަމަށްވެސް އެމްޑީޕީން މައުލޫމާތު ދެއެވެ.

އެމްޑީޕީން މިރޭ އޭދަފުށީގައި ބާއްވާ ޖަލްސާ އޮންނާނީ މިރޭ 9:00 ގައި އޭދަފުށީ މާފޮޅޭގެ ކަންމަތީގަ އެވެ.

 ބ. އަތޮޅާއި ރ. އަތޮޅަށް ފަހު ށ. އަތޮޅު ފުނަދޫއަށާއި ފޭދޫއަށް ވެސް ޝާހިދު ވަޑައިގަތުމަށް ހަމަޖެހިފައިވާ މިދަތުރުފުޅު ނިންމަވާލައްވާނީ މިމަހުގެ 19ވަނަ ދުވަހު ހދ. ހަނިމާދޫން ކަމަށް އެމްޑީޕީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.