ސީސީ ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ޔުނައިޓެޑް ވީ އިން ހޯދައިފި އެވެ.
އޭދަފުށީ ސްޓޭޖް ސަރަހައްދުގައި ރޭ ކުޅުނު ފައިނަލް މެޗު އެ ޓީމު ކާމިޔާބުކުރީ އެފްސީ ސޫޕް އާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 4-5 އިން މޮޅުވެގެންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިޝާން އިބްރާހިމް (ސައްޓު) އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ޔުނައިޓެޑް ވީ ގެ ހަމްޒަތު މުހައްމަދު އާއި އަހްމަދު ހަނީފުގެ އިތުރުން އެފްސީ ސޫޕްގެ މުހައްމަދު ފާސިރު އާއި، އަހުމަދު އަހުޝަމް އަދި އިބްރާހިމް ޔޫސުފް އެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހަމްޒަތު މުހައްމަދު ހޮވުނުއިރު، ފެއާ ޕްލޭ ކުޅުންތެރިއަކީ ޔުނައިޓެޑް ވީ ގެ އިޝާން އިބްރާހިމް އެވެ.
ކޮންގްރާ
ކޮންގްރާ ޔުނައިޓެޑް ވީ
ކޮންގްރާ ޔުނައިޓެޑް ވީ