
ބ. ހިތާދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ސަރުކާރުން މިއަދު ކޮންޓްރެކްޓަރަކާ ހަވާލުކޮށްފި އެވެ.
މި މަސައްކަތް ހަވާލުކުރީ މޯހަން މުތާއެކްސްޕޯޓްސް ޕްރައިވެޓް ލިމިޓެޑާއި ޕޮއިންޓް ތްރީ ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއާ އެވެ.
މަސައްކަތް ހަވާލުކުރަން އެ ކުންފުންޏާ އެކު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.
ބ. ހިތާދޫގެ ޕްރޮޖެކްޓުގެ އަގަކީ 35.3 މިލިޔަން ރުފިޔާ އެވެ. މި ޕްރޮޖެކްޓަށް ހަރަދު ކުރަނީ ދައުލަތުގެ ބަޖެޓުންނެވެ.

