އަނެއްކާވެސް ގާސިމްގެ އިތުރު ވަޢުދެއް

ގާސިމް އިބްރާހިމް ވީ ނިއުސް ޑޮޓް އެމް ވީ އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި
ގާސިމް އިބްރާހިމް ވީ ނިއުސް ޑޮޓް އެމް ވީ އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި

 

 

 

 

 

 

 

 

 ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ރައްޔިތުންނަށް ކޮއްދޭން ބުނާ ވަޢުދުތަކުގެ ސިލްސިލާއަށް އިތުރު ވަޢުދެއް ވެވަޑައިގެންފި އެވެ.

ވީ ނިއުސް ޑޮޓް އެމްވީ ރީބްރޭންޑް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ދިވެހި އެއަރ ލައިނަށް އެއަރ ބަހުގެ ބްރޭންޑް ނިއު ތިން ބޯޓުު ގެނެސްދޭނެ ކަމަށެވެ. އެހެން ނަމަވެސް ތިން ބޯޓަކުންވެސް ނުވާނެ ކަމަށާއި ކޮންމެ ދުވަހަކުވެސް ރާއްޖޭގެ ބައިނަލް އަގުވާމީ ވައިގެ ބަދަރަށް އެތައް ފްލައިޓެއް ޖައްސަމުން އަންނަ ކަމަށެވެ. މިގޮތަށް ދިވެހި އެއަރ ލައިނަށް ބޯޓު ގެނައި ކަމުގައިވިޔަސް ވިލާ އެއަރ ކުރިއަށް ގެންދާނެ ކަމަށާއި އެމަނިކުފާނު ބޭނުންފުޅުވަނީ އަމިއްލަ ވިޔަފާރި ކުރިއެރުވުމަށް ވުރެ ދިވެހި ރާއްޖެ ވިޔަފާރީގެ ގޮތުން ކުރިއަރައިގެން ދިއުން ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

އެއީ އަޅުގަނޑުމެންގެ (ދިވެހި އެއަރ ލައިން) އެއަރ ލިންކް އަޅުގަނޑުމެންގެ ބާރުވެރިކަމުގެ ދަށަށް ގެނައުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން އަމިއްލަ ފައި މައްޗަށް ނެގުމަށް ކަމަށްވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ނުކުންނަވަނީ ނެޝަނަލް އިންޓަރެސްޓް ކުރިއަށް ނެރެން ކަމަށްވެސް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް އަދި ވިލާ ގްރޫޕްގެވެސް ޗެއަރމަން ވިދާޅުވި އެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.