
އެމްޑީޕީ އެއް ފައިސާ އަށް ނުވިކޭނެ ކަމަށާއި އޭދަފުށީގެ ކުލަ މިހާރު އޮތީ ބަދަލުވެފައިކަމަށް އެމްޑީޕީ އޭދަފުށީ ކެމްޕޭން ޓީމުގެ އިސްމެންބަރެއް ކަމަށްވާ އަހްމަދު އާތިފް (އާއްޓޭ) ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެގޮތުން އެމްޑީޕީން އޭދަފުށީގައި ބާއްވަމުންގެންދާ ސިލްސިލާ ކަންމަތީ ބައްދަލުވުންތަކުގެ ތެރެއިން ރޭ މިރަށު ބާ އިންޖީނުގޭ ކަންމަތީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާއްޓޭ ވިދާޅުވީ މިއަދު އޭދަފުށީގެވެސް ހިޔާލާތާއި ފިކުވެސްއޮތީ ބަދަލުވެފައި ކަމަށާއި ކުރިއަށްއޮތް ތާނގައި އޭދަފުށީ ކައުންސިލުގެ ބޭފުޅުން ގޮނޑިތައް ހިމާޔަތްކުރައްވަން ބޭނުންފުޅުނަމަ އެމްޑީޕީއާ ގުޅިވަޑައިގަތުމަށެވެ.
”އޭދަފުށީ ކައުންސިލު ބޭފުޅުންގެ ވަގުތު ގެއްލެނީއޭ. ދެން މާގިން ދުވަހެއް ނެތޭ. އެމްޑީޕީއަށް ނުނީ ދެން ނުކެރޭނެ ތިއިން ހަމަ އެއްވެސް ގޮނޑިއެއް ކާމިޔާބު ކުރާކަށް. އެހެންވީމަ 25 ލާރިއަށް ކުރާ މަޖަލެއްހެން ތިޔަބޭފުން ތިކަންކުރާނެ ކަމެއް ނެތޭ” އާއްޓޭ ވިދާޅުވި އެވެ.
އޭދަފުށީގައި ގެސްޓަހައުސްގެ ވިޔަފާރިކުރުމުގެ ހުއްދަ ކައުންސިލުން ނުދޭން ނިންމާފައިވާތީ އެކަމާ ގުޅޭގޮތުން އާއްޓޭ ވިދާޅުވީ ގާނުނުގައި އޮންނަ ގޮތުން އެ ހުއްދަ ދޭންޖެހޭނެ ކަމަށެވެ.
“އެކަމަކު އެމްޑީޕީ ކުލައިގެ މީހަކު ކަމެއްކޮށްފިނަމަ އެކަމަށް ހުރަސްއަޅަނީ. އެމްޑީޕީގެ ސަރުކާރުން ބޭނުންވަނީ އެންމެންގެ ތެރޭގައި ހަމަހަމަކަން ގާއިމުކުރަން. އެ ހަމަހަމަ ކަމަކީ އިންސާފު ގާއިމުކުރުން. އެކަމަށް އެމްޑީޕީން ތެދުވެ މި ތިބީ” އާއްޓޭ ވިދާޅުވި އެވެ.
ރޭގެ ޖަލްސާ ހިނގަމުންދިޔަ ވަގުތު އެ ސަރަހައްދާ ކައިރިން ޑީއާރުޕީ އަށް ތާއީދުކުރާ ބަޔަކު އަޑުގަދަކުރާއިން ރައީސް ނަޝީދާ ދެކޮޅު ލަވަތަކެއް ޖަހަންފެށުމުން އެ ތަނުގެ މަސްލަހަތު ގޯސްވާން ފެށި އެވެ. ނަމަވެސް މާ ބޮޑު ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ.
އާންމު ގޮތެއްގައި އިދިކޮޅު މީހުންގެ ހަޖަމު ކުރުމުގެ ބައި އުޅެނީ ވަރަށް ދަށްކޮށް.އެހެންވެ ނަޝީދު ކޮށްދެއްވާފައިވާ ކަންކަން އެއީ ރަނގަޅު ކަންކަން އެނގޭ އިރުވެސް އެކަން އަޑު ނާހަން ލަވަ ޖަހާ، އަޑުގަދަ ކުރަނީ. އެމީހުން (ޑީ.އާރު.ޕީ) މީހުން ނަށް ނުކެރޭ ކަންމަތީ ޖަލްސާއެއް ކީއްކުރަން ކުޑަ ކުޑަ ބައިސްކަލް ބުރެއްވެސް ބާއްވާލަން. އެހެންވީމަ އުޅޭނީ ތިކަހަލަ ގޮތަކަށް. ގޯ އެމް.ޑީ.ޕީ ގޯ. ވީ އާރ ވިތް ޔޫ ރައިސް ނަޝީދު