މައުމޫންގެ ވެރިކަން ބަދަލުވިފަހުން އޭދަފުއްޓަށް އެއްވެސް ކަމެއް ކޮށްދީފައެއް ނެތް: ޝަކީލް

ރޭ ބޭއްވި ބައްދަލުވުމުގައި ޝަކީލު ވާޙަކަދައްކަވަނީ- ފޮޓޯ / ތޯރިގް
ރޭ ބޭއްވި ބައްދަލުވުމުގައި ޝަކީލު ވާޙަކަދައްކަވަނީ- ފޮޓޯ / ތޯރިގް

 

ރައީސް މައުމޫންގެ ވެރިކަން ބަދަލުވިފަހުން ބ. އޭދަފުށީގެ ތަރައްގީއަށް ސަރުކާރުން އަދި އެހެން ފަރާތަކުންވެސް އެއްވެސްކަމެއް ކޮށްދީފައިނެތް ކަމަށް އޭދަފުށީ ކައުންސިލުގެ މެންބަރު މުހައްމަދު ޝަކީލު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޭދަފުށީ ގޮފިން ކެމްޕޭން ހަރަކާތްތައް ފެށުމުގެ ގޮތުން ރޭ އޭދަފުށީ ބީފާނު ކަންމަތީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަކީލު ވިދާޅުވީ، މުޅި ރާއްޖޭގައި މިހާރު އަޅުގަނޑުމެންނަށް ފެންނަން އޮތް ތަރައްގީ އަކީ ރަން 30 އަހަރުގެ ބާނީ ރައީސް މައުމޫން އަބްދުލްގައްޔޫމު ގެނެސްދެއްވާފައިވާ ތަރައްގީ ކަމަށެވެ. އަދި މިކަން ސާބިތުކުރަންވީ އަޅުގަނޑުމެން މި ދިރިއުޅޭ އޭދަފުށިން ކަމަށާއި ރައީސް މައުމޫންގެ ވެރިކަން ބަދަލުވިފަހުން މިރަށުގައި ކުރެވުނު ހަމައެކަނި މަސައްކަތަކީ ނަރުދަމާ ނިޒާމުގެ މަސައްކަތް އެކަނި ކަމަށްވެސް ޝަކީލު ވިދާޅުވި އެވެ.

“ނަރުދަމާއަކީވެސް މައުމޫން ޒައާމަތުގައި މިރަށުގައި އެކަން ކުރަން ނިންމައި، އޭގެ ސާވޭތައްވެސް ހަދައި، ހަމަ އަމަލީ މަސައްކަތް ކުރަން ނިންމާފައި އޮތް މަސައްކަތެއް. އެ މަސައްކަތް އެކަނި މިރަށުގައި މައުމޫންގެ ވެރިކަން ބަދަލުވިފަހުން ކުރެވުނީ” ޑީއާރުޕީ ޓިކެޓްގައި ކައުންސިލަށް ހޮވިވަޑައިގެން މިހާރު ޕީޕީއެމާ ގުޅިވަޑައިގެންފައިވާ ޝަކީލު ވިދާޅުވި އެވެ.

ޝަކީލު ވިދާޅުވީ އަންނަ ސެޕްޓެމްބަރު 7 ގައި ނެގޭ ވޯޓްގައި އަޅުގަނޑުމެން ވިސްނަންވީ ކަމަކީ އަޅުގަނޑުމެންގެ އަތަށް ރުފިޔާއެއް ނުވަތަ ލާރިކޮޅެއް ދެނީ ކޮންބޭފުޅެއްތޯއެއް ނޫން ކަމަށާއި އަޅުގަނޑުމެން ވިސްނަންވީ މިގައުމު މިހާރު މިއޮތް އަނދަވަޅުން ސަލާމަތް ކުރެވެނޭކަމުގެ ގާބިލު ޓީމެއް އޮތީ ކޮން ޕާޓީއެއްގައިތޯ ކަމަށެވެ.

“އެ ގާބިލުކަން ހުރީ ކޮން ކެނޑިޑޭޓެއްގެ ގައިގަ ތޯ؟ ނުވަތަ ކޮންބޭފުޅެއްގެ ފަހަތުގައިތޯ؟ ހަމަ ޔަގީން ޔާމީން އާއި ޖަމީލު އަށްވުރެ މިކަަމަށް ގާބިލު އިތުރު ކެނޑިޑޭޓަކު ކުރިމަތިލައްވާފައެއް ނެތް. އަދި އެވަރުގެ އިލުމީ ގާބިލު ޓީމެއް އޮތީވެސް ޕީޕީއެމުގައި” ޝަކީލު ވިދާޅުވި އެވެ.

ޝަކީލު ވިދާޅުވީ ކުރިއަތްއޮތް ރިޔާސީ އިންތިހާބުއި އޭދަފުށީން އެންމެ ގިނަ ވޯޓް ލިބޭނީ ޕީޕީއެމަށް ކަމަށާއި އެ ޕާޓީއަށް އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ، މިއަދަށްވުރެ “ތަރައްގީ މާދަމާއެއް” ފެނިގެންދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Ahmed Rasheed/ Seetmaage - Baa. Eydhafushi

    ޝަކީލުގެ ބެލުމުގެ ދަށުގައި ހުރި، ދައުލަތުގެ ތިޖޫރީގައި ހުރި ފައިސާތަކެއް ވީނުވީ ގޮތެއްނޭގި ގެއްލުނު. އެ މައްސަލަ ޝަރުޢީ މަރުޙަލާއަށް ގެންދިޔަނުދީ، މައުމޫނު ދައުރުގައި “ޙަމީދުބޭގެ” ގެ ނުފޫޒުން ހިފެހެއްޓި ހިފެހެއްޓުން، ހަމަ ގައިމުވެސް ނުބަލާ……އެކަމެއް ރައީސް ނަޝީދުގެ ސަރުކާރުން ނުކުރޭ. މައުމޫނުގެ ޚުދުމުހުތާރު ވެރިކަމުގައި “ރާޙަތު” ކުރި އެންމެހާ މީހުން، ރައީސް ނަޝީދު ވެރިކަމާ ޙަސަދަވެރިވެ، އޭދަފުށީގެ ތަރައްޤީއަށް ހުރަސްއެޅީ، މިއަދު އޭދަފުށީގެ ރައްޔިތުންނަށް ތި އަންގާދެނީ ނުވަތަ ދައްކާދެނީ، ފަރުދާގެ އެއް ފަރާތް. ކައުންސިލަރުންގެ ނާޤާބިލުކަމާ ނުކުޅެދުންތެރިކަމުގެ ސަބަބުން، އޭދަފުށީގެ “ތަރްޤީގެ ޙަޔާތުން” ތިން އަހަރު ގެއްލުވާލީ، އޭދަފުށީގެ ކައުންސިލަރުންގެ އިހުމާލުން. މީ ޙަޤީގަތް…….

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.