މާއްޑޫ އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

އޭދަފުށީ ކުރިމަތީގައި އޮންނަ މާއްޑޫ: މި ރަށް ހަވާލުކުރި ފަރާތުން އެ ރަށް މިހާރު ވަނީ ނަގާފައި
އޭދަފުށީ ކުރިމަތީގައި އޮންނަ މާއްޑޫ:

ބ. އޭދަފުށީގެ ބައެއްގެ ގޮތުގައި ހަމަޖައްސަން ކެބިނެޓުން އާދީއްތަދުވަހު ފާސްކުރި، ފަޅުރަށެއް ކަމަށްވާ މާއްޑޫ ވަރުވާ އަށް ދޫކޮށްފައިވާފަރާތުގެ އަތުން ވަކިނުކުރުމަށް ސިވިލް ކޯޓުން ވަގުތީ އަމުރެއް އިއްޔެކޮށްފި އެވެ.

ސިވިލް ކޯޓުން އެ އަމުރު ނެރުނީ މާއްޑޫ ވަރުވާ އަށް ދޫކޮށްފައިވާގ. ސަމިއްޔާ، އާމިނަތު ހުސައިން (ކުޑަސިއްތި) ގެ އަތުން އެ ރަށް ނެގުމަށްއެގްރިކަލްޗަ މިނިސްޓްރީން އަންގާފައިވާ އެންގުން ބާތިލްކޮށްދިނުމަށް އެދިސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއިން އޭނާ ވަގުތީ އަމުރަކަށްއެދުމާ ގުޅިގެންނެވެ.

ކުޑަސިއްތި އަކީ ރާއްޖޭގެ ސިޔާސީ އަދި އަދަބީ އެންމެ މަޝްހޫރު އެއްޝަހުސިއްޔަތު ކަމަށްވާ އިބްރާހިމް ޝިހާބުގެ ހުވަފަތް އަނބިކަނބަލުންނެވެ.

ސިވިލް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ އެއީ ޖެނުއަރީ 15، 1988އިން ފެށިގެން ކުޑަސިއްތި އަށް ވަރުވާ އަށް ލިޔެދީފައިވާ ރަށެއްކަންއެގްރިކަލްޗަ މިނިސްޓްރީން އޭނާ އަށް ފޮނުވި ސިޓީން އެނގޭ ކަމަށެވެ.

އެ ރަށުގައިވާ އޭނާގެ ތަކެތި ޖުލައި 28 އިން ފެށިގެން 30 ދުވަހުގެތެރޭގައި ހުސްކުރަން އަންގައި އެ މިނިސްޓްރީން ފޮނުވި ސިޓީގައިވާ ގޮތުން އެރަށް ނަގަނީ ގަވާއިދާ ހިލާފަށް ބަންޑާރަ ލަކުޑި ކަނޑާފައިވާ ކަމަށް ބުނެއެވެ.

މިދިޔަ މަހު ފަހުކޮޅު އެގްރިކަލްޗަ މިނިސްޓްރީގެ ޑެޕިއުޓީމިނިސްޓަރު އަލީ ސޯލި ވެސް ވިދާޅުވެފައި ވަނީ މާއްޑޫގެ އެއްބަސްވުމާހިލާފަށް މަސައްކަތްތަކެއްކޮށް އަދި ބަންޑާރަ ލަކުޑީގެ ތެރޭގައި ހިމެނޭގިނަ އަދަދެއްގެ ފުނަ ގަސް ރަށުން ބޭރުކުރަން އުޅުނު މައްސަލައެއްގައި އެރަށް ވަގުތީ ގޮތުން އޭދަފުށީ ކައުންސިލާ ހަވާލުކޮށްފައި ކަމަށެވެ.

ކޯޓު އަމުރުގައި ބުނެފައި ވަނީ އެ ރަށް ވަރުވާ އަށް ލިޔެދީފައިވާތާރީހުން ފެށިގެން އެ ރަށުގެ މައްޗަށް ކުޑަސިއްތިގެ ހައްގު އުފަންވެފައިވާކަމަށާއި އަދި އެ ހައްގު 25 އަހަރަށް ވުރެ ދިގު މުއްދަތަކަށް ދެމިގެންއައިސްފައި ވަނިކޮށް އެ ރަށުގެ މައްޗަށް އޮތް ހައްގު ހިމާޔަތްކުރަން ވަގުތީއަމުރަކަށް އެދުމުގެ ސިފަތު ކުޑަސިއްތި އަށް ލިބިގެންވާ ކަމަށެވެ . (ޚަބަރު ހަވީރު އޮންލައިން)

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.