ޕީޕީއެމްގެ ބޮޑު ޖަލްސާ އަންނަ ހޯމަދުވަހުގެ ރެއަށް ފަސްކޮށްފި

ޕީޕީއެމުން އޯގަސްޓް 24، 2013 ގައި ލ. ގަމުގައި ކެމްޕެއިން ކުރުން.---ފޮޓޯ: ޕީޕީއެމް
ޕީޕީއެމުން އޯގަސްޓް 24، 2013 ގައި ލ. ގަމުގައި ކެމްޕެއިން ކުރުން.—ފޮޓޯ: ޕީޕީއެމް

 

ޕީޕީއެމް އިން މިމަހުގެ ތިރީސް ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދިޔަ ބޮޑު ޖަލްސާ އަންނަމަހުގެ ތިންވަނަ ދުވަހުގެރޭ ބާއްވާގޮތަށް ފަސްކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޕީޕީއެމް އިން ބުނީ ބޮޑު ޖަލްސާ ފަސްކޮށްފައިވަނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް އަދި ހާއްސަކޮށް މާލެއަށް މޫސުން ގޯސްވުމާއި ގުޅިގެން ކަމަށެވެ.

ޕީޕީއެމްއިން ބާއްވަން އުޅުނު ޖަލްސާ ފަސްކޮށްފައި މިވަނީ މިޖަލްސާއަށް މިރޭ ގިނަ އަދަދެއްގެ ބަޔަކު ރާއްޖޭގެ ބައެއް ރަށް ރަށުން ފުރަން ވެސް ހަމަޖެހިފައިވަނިކޮށެވެ. ނަމަވެސް ކަނޑު ގަދަވުމުގެ ސަބަބުން ބައެއް ރަށް ރަށުން މީހުން އައުން ވަނީ މިހާރު ކެންސަލްކޮށްފަ އެވެ.

މީގެކުރިން ޕީޕީއެމްއިން ބުނެފައިވަނީ ބޮޑު ޖަލްސާގައި ފަނަރަހާހާއި ވިހިހާހާއި ދެމެދު އަދަދަކަށް މީހުން ބައިވެރިވާނެ ކަމަށެވެ.

އަދި މީގެކުރިން އެއްވެސް ޖަލްސާއެއްގައި ޒުވާނުން ސޮއިކޮށްފައިނުވާ ގިނަ އަދަދަކަށް ޕީޕީއެމް އަށް އެރޭ ޒުވާނުން ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މީގެކުރިން ބައެއް ޕާޓީތަކުން ފެނިގެންދިޔަ ފަންނާނުން ވެސް ޕީޕީއެމް އަށް ސޮއިކުރާނެ ކަމަށް ޕީޕީއެމްއިން ބުނެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.