ބ. އެޓޮލް ފުޓްބޯޅަ ޗެލެންޖުގައި މިއަދު ހަވީރު ކުޅުނު މުބާރާތުގެ ފުރަތަމަ މެޗުގައި ފެހެންދޫ ޓީމުން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި 2-1 އިން ފެހެންދޫ އަތުން މާޅޮސް މޮޅުވެއްޖެ އެވެ.
މުބާރާތް ހުޅުވުމުގެ ގޮތުން ހަވީރު ކުޅުނު މުބާރާތުގެ މެޗުގެ ފުރަތަމަ ހާފުގައި ފެހެންދޫ ޓީމުން ލަނޑެއް ޖަހާ ލީޑު ނަގާފައި ވަނިކޮށް ފުރަތަމަ ހާފު ނިމުގެ ކުރިން މާޅޮހުން ވަނީ ދެ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފަ އެވެ.
މާޅޮހު ޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިނީ ހުޒައިފުލް ރަޝީދެވެ. އަދި ދެވަނަ ލަނޑު ޖަހައިދިނީ ކުރިއަރަމުން އަންނަ ޒުވާން ކުޅުންތެރިޔާ މާޅޮހަށް އުފަން ހައްސާން ރަޝާދެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުޅި މެޗުގައިވެސް ވަރުބަލިކަމެއް ނެތި ހިތްވަރާއި އެކު ކުޅެމުން ދިޔަ މާޅޮހު ޓީމުގެ ހުޒައިފުލް ރަޝީދެވެ.
މި މުބާރާތުގައި މާދަމާ ހަވީރު ކުޅެވޭ މެޗުގައި ބައްދަލު ކުރާނީ އޭދަފުއްޓާއި ކެންދޫ އެވެ.