މި މަހުގެ 16 ވަނަ ދުވަހު އޭދަފުށީގައި ފަށާ “ސީސީ ކަޕް ފުޓްސަލް ޓޯނަމެންޓް 2012” ގެ ހުޅުވާ މެޗުގައި ކިންގް ސްޕޯޓްސް އާއި އީޔޫ 12 ބައްދަލު ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ހަތަރު ގްރޫޕަކަށް ބަހާލައިގެން ބާއްވާ ފުޓްސަލް މުބާރާތުގައި 15ޓީމް ވާދަކުރާ އިރު ޖުމްލަ 28މެޗް ކުޅޭނެ އެވެ. މުބާރާތުގައި ރާއްޖޭގެ އެއް ވަނަ ޑިވިޝަނުގެ ބައެއް ކުޅުންތެރިން ވެސް ޓީމްތަކުން ފެނިގެން ދާނެ ކަމަށް ސީސީ އިން ބުންޏެވެ.
ގްރޫޕް އޭ ގައި ހިމެނެނީ ޔުނައިޑެޓް ވީ އާއި، ކިންގް ސްޕޯޓްސްއާއި، އެފްސީ ސޫޕް އަދި އީޔޫ12 އެވެ. ދަ ލަވާސް، އެސް.އޭ ފްރެންޑްސް، ދަ ޗެލެންޖާސް އަދި ވެލާ ސްޕޯޓްސް ހިމެނެނީ ގްރޫޕް ބީ ގައެވެ. އެފްސީ ޑޮލަރު އާއި އެމްޖީއާރު ޔަންގް ބޯއީސް އަދި ގަލްފް ރީޔުނިއަން ހިމެނެނީ ގްރޫޕް ސީގަ އެވެ. ގްރޫޕް ޑީ ގައި ހިމެނެނީ ވިންސިޓޯ އާއި އައި.އޭ.އޭ.އެމް.ކޭ އަދި ފްރެންޑްސް އެވެ،
މުބާރާތް ކުރިއަށް ދާނީ މި މަހުގެ 16 -23 ގެ ނިޔަލަށެވެ.
ގުރޫޕް ސްޓޭޖް