އޭދަފުށީގައި މިހާރު ކުރިޔަށްދާ އަލްމަރުހޫމް އަހްމަދު ޝާހީން ފުޓްސަލް ޗެލެންޖުގައި ގުރޫޕްސްޓޭޖުގެ މެޗުތައް މިއަދު ނިމިއްޖެއެވެ.
މިއަދު ކުޅުނު ގުރޫޕް ސީގެ އެންމެ ފަހުމެޗުގައި ޔުނައިޓެޑް ވީ ވަނީ ސަޖި އެންޑް ފްރެންޑްސް ބައްދަލުކޮށް، ފަހުވަގުތު އަހުމަދު ޝާން ޖެހި ގޯލުން 1-1 އިން އެއްވަރުކޮށް، ކުއާޓާއިން ޖާގަހޯދައިފައެވެ. ސަޖި އެންޑް ފްރެންޑްސްގެ ގޯލް ޖަހައިދިނީ އަބްދުލް މަތީން އަބްދުއްސައްތާރެވެ. މޭން އޮފްދަ މެޗަކަށް ހޮވިފައި ވަނީ ޔުނައިޓެޑް ވީގެ ހުސެއިން ޝިހުބާނެވެ.
ގުރޫޕް ބީގެ އެންމެ ފަހު މެޗުގައި ވެލާ ސްޕޯޓްސްއާއި ވާދަކޮށް ފަސޭހަކަމާއެކު މެޗުން 0-4 އިން ކާމިޔާބުކޮށް، ހުސް ސޮނގުން ވެސް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. ހުސް ސޮނގުން ޓީމަށް ގޯލްތައް ކާމިޔާބު ކޮށްދިނީ އަހުމަދު ހުމެއިދު، އަބްދުﷲ އަބޫބަކުރުގެ އިތުރުން މުހަންމަދު އަޖުފާނު އަދި ހިސާން އަބްދުލްޝަކޫރެވެ. މި މެޗުގެ މޭން އޮފްދަ މެޗަކަށް ހޮވިފައި ވަނީ ވެލާ ސްޕޯޓްސްގެ ހައްސާން އަބްދުއްލަތީފެވެ.
މި މިބާރާތުގެ ކުއާޓާ ފައިނަލަށް ހޮވިފައި ވަނީ، ގުރޫޕް އޭގެ ފެއިމްސް ޔުނައިޓެޑާއި، އެފްސީ ސޫޕާއި، ދަ ޗެލެންޖާސް، ގުރޫޕް ބީގެ އަނަންތަރައާއި، ހުސް ސޮނގުން އަދި ގުރޫޕް ސީގެ ސޮނެވާފުށި ރިސޯޓާއި، ޔުންއިޓެޑް ވީ އާއި ސަޖި އެންޑް ފްރެންޑްސްއެވެ.