އޭދަފުށީގެ މަޝްހޫރު ވިޔަފާރި ގްރޫޕެއް ކަމަށްވާ ޖަސްޓް ކިއުޓް ގްރޫޕުން ހިންގަމުން އަންނަ ކޮރަލް ޕާކް ރެސްޓޯރަންޓްގެ ސްޓާފް ބްލޮކް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ރޭ ވަގަށް ނަގައިފި އެވެ.
ޖަސްޓްކިއުޓް ގްރޫޕް އެއް ހިއްސާދާރު އަހްމަދު އަސްލަމް ބުނީ، ކޮރަލް ޕާކް ސްޓާފުން ތިބޭ ބައިން ވައްކަން ކުރީ ރޭ 8:00 އާއި 12:00 އާ ދޭތެރޭ ވަގުތެއްގައި ކަމަށެވެ.
“ބްލޮކްތެރެއަށް ވަދެ، ދަބަސްތަކުގައި ކަޓަރު އަޅައި ކަފާލައިގެން ފައިސާކޮޅު ގެންގޮސްފައިހުރީ. ފައިސާގެ އިތުރަށް އެއްވެސް އެއްޗެއް ގެއްލިފައެއް ނެތް، ޕޮލިހުންނަށް ރޭ ވާނީ މައްސަލަ ރިޕޯޓް ކޮށްފައި”
އޭދަފުށީގައި މިފަހަކަށް އައިސް ވައްކަމުގެ މައްސަލަތައްދަނީ ވަނީ ވަރަށްބޮޑަށް އިތުރުވެފައެެވެ. ދާދިފަހުން ޖަސްޓްކިއުޓް ގްރޫޕުން ހިންގަމުން އަންނަ މޯބައިލް ފިހާރަ ފަޅާލައި އެތަނުގެ ތީޖޫރީވެސް ވަނީ ވަގަށް ނަގައިފަ އެވެ.
ކުށްކުރާ މީހާ، ރަށުތެރެއަށް ދޫކޮށްލާފަހުރީމަ ވާނެ ހުރިހާގޮތެއް ވާނެ. އަދިވެސް މަސްތުވާ ތަކެއްޗާ، ވައްކަމަށް މަގުފަހިވާ ހުރިހާ ކަމަކަށް މަގުކޮށަމުންދާ މީސްމީހުންގެ ބަހަށް ހެއްލި، އޭދަފުށީގެ އިޖުތިމާޢީ ފޭރާން ފުނޑާލަމުންގާއިރުވެސް، ތަށިބަރިޔަކާ، ސިމެންތި ކޮތަޅެއްދިނީމަ ހަމަ އޯކޭ.
މިވަރު ތައްކޮޅެއްބޮޑު ހަމައެކަނި ޕޮލިހުންނަށް މިކަންނުހުއްޓުވޭނެ.. މިފަދަކަންކަން ހުއްޓުވުމުގައި ކޮންމެ ބޭފުޅޭޢްގެވެސް ފަރުދީ ޒިންމާ ހަދާން ކޮށް ޒިންމާ ދާރުވުން ބުއްދިވެރި؟ ރަށުގެ ރަތްޔިތުން އަބަދުމެ ތިބެން މިޖެހެނީ މިފަދަ ބޮނޑު ބިރުވެރި ކަމެއްގަ.
މިއީ ހަމައެކަނި ޕޮލިހުންނަށް ކުރެވޭނެ ކަމެއްނޫން. މިބާވަގުތުގެ ޢަމަލުތައް ހުއްޓުވޭނީ ރަށުގެ ހުރިހާ ފަރުދުންގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން. މީގެ ކުރިން ނަމޫނާ ރަށެއްގެ ގޮތުގައި ގިނަބަޔަކު ބަލަމުން އައި މިރަށުގެ މަލަމަތި މިވަނީ ކަޅުދުމުން ބަނަވެފައި. ވިސްނާ ލައްވާ.
އަޅުގަނޑަށް ހީވަނީ ޕޮލިހުން މިކަމަށް ތަންކޮޅެއް ބޮޑަށް ސަމާލުވާން ވެއްޖެހެން. ފަހަރަކު ތަނެއް ފަޅަމުން އެދަނީ.