ބޮސްކާލިސްގެ އިންޖިނިއަރުންގެ ޓީމު އަންނަ ހަފްތާ އޭދަފުއްޓަށް

    ބ. އޭދަފުށީ ދެކުނުފަރާތު އަތިރިމަތި:
ބ. އޭދަފުށީ ދެކުނުފަރާތު އަތިރިމަތި:

 

އޭދަފުށީގެ ބިން ހިއްކުމަށް ހަވާލުކޮށްފައިވާ ބޮސްކާލިސް އިންޓަނޭޝަނަލްގެ އިންޖިނިއަރުންގެ އެޑްވާންސް ޓީމެއް އަންނަ ހަފްތާތެރޭގައި އޭދަފުއްޓަށް އައުމަށް ހަމަޖެހިފައިވާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލް އިދާރާގެ ރައީސް އަލީ ވަހީދު ވިދާޅުވީ، މިކަމާގުޅޭ ޓީމު އަންނަ ހަފްތާގައި އޭދަފުއްޓަށް އައިސް ބިންހިއްކަން ފަށާނެ ސަރަހައްދު ކަނޑައަޅައި ހޮޅިލައިން އެޅުމާބެހޭ މަސައްކަތްވެސް ފަށައިގަންނާނެ ކަމަށެވެ.

“ބިންހިއްކާ ބޯޓްވެސް މިހާރު ރާއްޖެއަށް ދަތުރު ކުރަމުންދާކަމުގެ މައުލޫމާތު ސަރުކާރުގެ އިސްވެރިންގެ ފަރާތުން ވަނީ ލިބިފައި. މިހާރު ބޯޓް އައުމުގެ ކުރިން ނިންމަންޖެހޭ ބައެއްކަންކަން އެޑްވާންސް ޓީމުން ފަށާނީ. އަޅުގަނޑަށް މައުލޫމާތު ލިބޭގޮތުން ބިންހިއްކާ ބޯޓު ސީދާ އަންނާނީ އޭދަފުއްޓަށް،” އަލީ ވަހީދު ވިދާޅުވި އެވެ.

އޭދަފުށީގެ ބިންހިއްކުމުގެ މަޝްރޫއު ބޮސްކާލިސް އިންޓަރނޭޝަނަލް އާ ހަވާލުކުރީ މިދިޔަ މަހުގެ ތެރޭގައެވެ. ޖުމްލަ 125 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނޭކަމަށް ލަފާކުރެވޭ މި ޕްރޮޖެކްޓްގެ ދަށުން އޭދަފުށީގެ ފަޅުން 25.9 ހެކްޓަރުގެ ބިން ހިއްކިގެންދާނޭ ކަމަށްވެއެވެ.

ބިންހިއްކުމުގެ މަޝްރޫއު އޭދަފުއްޓަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ތެރެއިން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް މިދިޔަ މަހު ވިދާޅުވީ ބިންހިއްކައި ރިވެޓްމަންޓް ޖަހާ ނިމޭއިރު އޭދަފުށީގެ ގޭގެއަށް ސާފުބޯފެން ފޯރުކޮށްދިނުމަށް ހޮޅިލައިން އެޅުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި ރަށުގެ ބޮޑެތިމަގުތަކުގައި ގާޖެހުމުގެ މަސައްކަތް ފެށުމައްޓަކައި ކުވައިތު ފަންޑުން އެހީހޯދުމުގެ މަސައްކަތް މިހާރުފެށިގެން ކުރިޔަށްދާކަމަށްވެސް ސަލީމު ވަނީ ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. ޢަލީ

    ހުރިހާ އެންމެންވެސް ދެންވިސްނަންވީ ރަށުގެ ތަރައްޤީއަށް، މިފަހަރު އެންމެންވެސް ވޯޓް ދޭންވާނީ ވަރަށްވިސްނާފަ. އެއީ އާސަރުކާރުން މިރަށުގެ ތަރައްޤީއަށް ވަރަށް ފުންކޮށް ވިސްނާތީ. މައްސަލައަކީ ކޮންމެމީހަކުވެސް އެމީހެއްގެ އަމިއްލަ ފައިދާއަށް އުޅޭތީ.

    ރައްދު
  2. އަޙްމަދު ޢަލީ

    ސާބަހޭ ސަލީމޫ، މަގޭވޮޓް ސަލީމަށް، ސަލީމަށް މިކަންތައްތައް ކުރެވިދާނެ. ބާރަށް ކުރިޔަށް، ކުރިޔަށް ބާރަށް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.