ޗެނަލް 13 އިން ރޭ ފޮނުވި އޭދަފުށީ ދާއިރާގެ ބަހުސް ޕްރޮގްރާމްގައި ރައްޔިތުންނަށް އޮޅުވާލައިގެން ދޮގު މައުލޫމާތު ފޯރުވާފައިވާކަމަށްބުނެ، އެ މައްސަލަ މިއަދު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށައަޅާފައިވާކަމަށް ބ. އޭދަފުށީ ދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ އަލްއުސްތާޒާ ހިސާން ޙުސައިން ވިދާޅުވެއްޖެ އެވެ.
ޙިސާން ޙުސައިން ވިދާޅުވީ ރޭ ޗެނަލް 13 އިން ފޮނުވި އޭދަފުށީ ދާއިރާގެ ބަހުސް ޕްރޮގްރާމްގައި ރައްތިތުންނާ ކުރިމަތިލައްވަން ނުކެރިގެން އޭނާ ބަހުސަށް އަރަން ތަނާޒިލް ވިކަމަށް ބުނެ ދޮގު، އެ ޓީވީ ޗެނަލުން އެ މައުލޫމާތު ތަކުރާރުކޮށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މިއަދު ހުށައަޅުއްވާފައިވާ ކަމަށްވެސް ހިސާން ވިދާލުވި އެވެ.
“ޗެނަލް 13 އިން ބޭއްވި ބަހުސްގައި ބައިވަރިވުމަށް އަޅުގަނޑަށް ދަޢްވަތެއް ނުދެއްވާ. އަޅުގަނޑު ތަނާޒިލް ވީކަމަށްބުނެ، ރައްޔިތުންނަށް ދޮގު މަޢްލޫމާތު ފަތުރާފައިވާތީ އެކަން އަޅުގަނޑު ކުއްވެރިކުރަން” ޙިސާން ރޭ އީޓީ އަށް ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ ޗެނަލް 13 އިން ފޮނުވި ބަހުސްގައި ބައިވެރިވުމަށް އޭނާ އަށް ދައުވަތު ދެއްވާފައި ދެއްވާފައިނުވާ ކަމަށެވެ. ނަމަވެސް ޗެނަލު 13 އިން ރޭ އެކަންވަނީ ދޮގުކޮށްފަ އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) ގެ ޓީވީ ޗެނަލާއި ރޭޑިއޯޗެނަލުން މިމަހުގެ ދިހަވަނަ ދުވަހު ބޭއްވި ދާއިރާތުގަގެ ބަހުސް 2014 ޕްރޮގްރާމުގައި ހިސާންވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ހިސާނުވަރެއް ނެތް. ސާބަހޭ ހިސާން! މަގޭ ވޯޓް ހިސާނަށް