ފައިދާ ހުރި ކާނާ އަގުހެޔޮކޮށް ލިބޭނެ ގޮތް ހަދައި ދޭނަން: ރައީސް

ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ފައިދާ ހުރި ރަނގަޅު ކާނާ، ހެޔޮ އަގުގައި އަބަދުވެސް ބާޒާރުން ލިބޭނެ މަގު ފަހިކުރުމަށް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅިގެން ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދުންފަތާއި ވޭޕްގެ ބާވަތްތަކުން އާންމުން ދުރުހެލިކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ، ހަށިގަނޑަށް ގެއްލުން ލިބޭ ކެއިންބުއިމުގެ އާދަތަކުން ދުރުހެލިކުރުން ކަމަށެވެ.

“ގައުމީ ފެންވަރުގައި މިކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ސަރުކާރުން ކުރިއަށް ގެންދާނަން،” ރައީސް ވިދާޅުވިއެވެ.

އަދި ބަލިތަކާ ދުރުހެލި އަދި ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށާއި ދަރިންނަކީ ސިއްހަތު ރަނގަޅު ބަޔަކަށް ހެދުމުގައި އެންމެ އިސްކަންދޭންޖެހޭ އެއް ކަމަކީ ކެއިންބުއިމުގައި ސިއްހީ ރަނގަޅު އާދަތައް ހިފެހެއްޓުން ކަމުގައި ފާހަގަކުރެއްވިއެވެ.

ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި ސަރުކާރުން ވަނީ މިދިޔަ ނޮވެމްބަރު 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކޮށްފައެވެ. އަދި މި ތަކެތި ބޭނުންކުރުން މިދިޔަ ޑިސެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފައެވެ.

ސިއްހަތަށް ފައިދާ ހުރި ކާބޯތަކެތި ހެޔޮ އަގެއްގައި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ފަހުން ޑޮކްޓަރުންގެ ޖަމްޢިއްޔާއިން ވެސް ވަނީ މޭވާއާއި ތަރުކާރީ ފަދަ ބާވަތްތައް ވިއްކުމުގައި ލުއިތަކެއް ދިނުމަށް ގޮވާލާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.