13 މިލިއަން ސިނގިރޭޓު ވަގަށް ނެގުން: ދިގައްޔާއި އާއްޓެ އަށް ކުރަނީ ފަންޑުކުރި ކަމުގެ ތުހުމަތު!

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސްއިން ހިފެހެއްޓި 13.6 މިލިއަން ރުފިޔާގެ ސިނގިރޭޓް އެމްޕީއެލް ބަނދަރުން ގެއްލުނު މައްސަލާގައި ހައްޔަރުކުރެވުނު ދެ މަޝްހޫރު ވިޔަފާރިވެރިންނަކީ މި ވައްކަން ކުރުމަށް ފަންޑުކުރި ފަރާތްތައް ކަމަށް ތުހުމަތުކުރޮށްފި އެވެ.

މި މައްސަލާގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ހައްޔަރުކުރެވުނު ފަރާތްތަކުގެ ތެރޭގައި ހިމެނޭ އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ ބ. އޭދަފުއްޓަށް އުފަން މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވުނު އަޑުއެހުމުގައި، ދިގަލީގެ ބަންދަށް 10 ދުވަހާއި އާއްޓޭގެ ބަންދަށް 15 ދުވަސް ދީފައިވެއެވެ.

ކޯޓު އަމުރުގައިވާ ގޮތުން، އެމްޕީއެލްގެ ތެރޭގައި ހިފަހައްޓާފައި ހުރި ކޮންޓެއިނަރު ގިނަ ބައެއްގެ ބައިވެރިވުމާއެކު ރާވައިގެން ވަގަށް ބޭރުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ އިރު، މި ޢަމަލު ހިންގުމަށް ފަންޑުކުރި ކަމަށް ދިގަލި އާއި އާއްޓޭގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން މި މައްސަލާގައި ހުޅުމާލޭ ޕޯޓުގައި މަސައްކަތްކުރަމުން އައި ކަސްޓަމްސްގެ އިސް މުވައްޒަފު ޒިވާރު އިސްމާއިލްގެ ބަންދަށް 15 ދުވަހާއި، ކަސްޓަމްސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓް މުއާޒު އަލީގެ ބަންދަށް 5 ދުވަސް ވަނީ ދީފައެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތްތަކުގެ ތެރެއިން އާއްޓޭ އާއި ދިގަލީގެ ހައްޔަރު އިޖުރާއަތުތަކާ އެއްގޮތަށް ކުރެވިފައިވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އަދި އާއްޓޭގެ ބޭސްފަރުވާގެ ކަންކަން ކަސްޓޯޑިއަލްގެ އުސޫލުތަކާ އެއްގޮތަށް ހަމަޖައްސައިދިނުމަށް އައިއޯއަށް އަންގާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.