ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ މިއަދު އޭދަފުއްޓަށް ވަޑައިގެންފި އެވެ.
މިއަދު މެންދުރުފަހު އޭދަފުއްޓަށް ވަޑައިގެން އެ ކަމަނާ ވަނީ އޭދަފުށީ ކައުންސިލު މެންބަރުންނާ ބައްދުކުރައްވާފަ އެވެ. އަދި މިއަދު ހަވީރު އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން އެތަނުގެ ވެރިންނާއި މުވައްޒަފުންނާ ބައްދަލު ކުރައްވައި އެތަނުގެ ހާލު އޮޅުން ފިލުއްވި އެވެ.
ހެލްތު މިނިސްޓަރުކަމާ ހަވާލުވެ ވެޑައިގަތުމަށް ފަހު، ރާއްޖޭގެ ހުރިހާ ސަހަރައްދެއްގެ ސިިއްހީ ދާއިރާގެ ކަންކަން ބައްލަވާލެއްވުމަށް ޑރ. ޝަކީލާ ވަނީ ހާއްސަ ދަތުރުތަކެއް ފައްޓަވާފަ އެެވެ.