މި އަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަސް ސަރުކާރުން ރަސްމީ ގޮތުން އޭދަފުށީގައި ފާހަގަކުރާގޮތަށް ހެލްތު މިނިސްޓްރީ ހަމަޖައްސައިފި އެވެ.
ބ. އަތޮޅުހޮސްޕިޓަލުން ބުނީ ސިއްހަތު ދުވަސް ރަސްމީކޮށް އޭދަފުށީގައި ފާހަކުރާގޮތަށް ނިންމާފައިވާތީ އެކަމުގެ ތައްޔާރީތައްވަމުން އަންނަ ކަމަށެވެ.
ސިއްހަތު ދުވަސް ފާހަގަކުރުމަށް އޭދަފުށީގައި ޚާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ހެލްތު މިނިސްޓްރީން ވަނީ ނިންމާފައެވެ. އޭގެތެރޭގައި ސަރާކާރުން ބާއްވާ ރަސްމީ ޖަލްސާގެ އިތުރުން ސްކޫލުކުދިންނަށް އަމާޒުކޮށްގެން ޕޯސްޓަރު ކުރެހުމުގެ މުބާރާތެއް ބޭއްވުމާއި ކުޑަކުދިންގެ ހަވީރެއްގެ އިތުރުން ހިނގާލުމެއް ބޭއްވުން ހިމެނެ އެވެ.
ދުނިޔޭގެ ސިއްހަތު ދުވަހަކީ އޭޕްރިލް 7 އެވެ.