ބ. އޭދަފުށީ ދާއިރާއަށް އަމާޒުކޮށްގެން މިފަހަރުގެ މަޖިލިސް އިންތިހާބާ ދިމާކޮށް އޭދަފުށި ޓައިމްސް ޓީމުގެ ފަރާތުން ނެރޭ ފަހު މަޖައްލާ މާދަމާ ނުކުންނާނެ އެވެ.
އެގޮތުން މިފަހަރުގެ އަދަދުގައިވެސް ތަޖުރިބާކާރު ނޫސްވެރިންނާއި މުޅިން އާ ލިޔުންތެރިންގެ ވަރަށް ބުރަ މަސައްކަތްތަކެއް މި މަޖައްލާއިންވެސް ފެނިގެންދާނެ އެވެ. މި މަޖައްލާއިންވެސް ތިޔަ ބޭފުޅުންނަށް މައުލޫމާތުގެ އަގުބޮޑު ޚަޒާނާތަކެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ދެމެވެ.
މި މަޖައްލާތަކުގައިވާ ލިޔުންތަކަކީ ހިލޭ ސާބަހަށް އެކިބޭފުޅުން ލިޔެދެއްވި އާޓީކަލުތަކަކަށްވާތީ އެ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.
މި މަޖައްލާއަކީ އޭދަފުށީ ދާއިރާގެ އަށް ހިލޭ ބަހާ މަޖައްލާ އެކެވެ. އެއްވެސް ކޮޕީއެއް ވިއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.