އިންޓަ އޮފީސް ބެޑްމިންޓަން މުބާރާތް 2014 ގެ ނަމުގައި ބ. އަތޮޅު ކައުންސިލް އިދާރާއާއި އޭދަފުށީ ބެޑްމިންޓަން ޑިވެލޮޕްމެންޓް ކޮމިޓީ (ބީޑީސީ) ގުޅިގެން ބެޑްމިންޓަން މުބާރާތެއް ބާއްވާން ތައްޔާރުވެއްޖެ އެވެ.
އޭދަފުށީ ޒުވާނުންގެ މަރުކަޒުގެ ބެޑްމިންޓަން ކޯޓުގައި ކުރިއަށް ގެންދާ މުބާރާތް ފަށާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. މުބާރާތް ހުޅުވާލާފައިވަނީ އޭދަފުށީގައި ހުރި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
އަތޮޅު ކައުންސިލު އިދާރާއިން ބުނީ މިފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ އޮފީސްތަކުގެ މުވައްޒަފުން އެއް ތަނަކުން ބައްދަލުވެ އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުން ކަމަށެވެ.