ބަހިއްޔާ ޕްރީ ސްކޫލުގައި ކުލަލާން ފުލުހުން ނުކުމެއްޖެ

އޭދަފުށީ ޕޮލިހުގެ މުވައްޒަފުން އިއްޔެ ބަހިއްޔާ އިމާރާތުގައި ކުލަލަނީ
އޭދަފުށީ ޕޮލިހުގެ މުވައްޒަފުން އިއްޔެ ބަހިއްޔާ އިމާރާތުގައި ކުލަލަނީ

 

ކުލަ ވެއްޓިފައިވާ ބ. އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލުގެ ކުލަ ކަހައި ކުލަ އާ ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

އޭދަފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން އެ މަސައްކަތް ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ މަސައްކަތުގައި ފުލުހުންގެ އިތުރުން އެ ސްޓޭޝަންގައި މަސައްކަތްކުރާ އެހެން މުވައްޒަފުންވެސް ބައިވެރިވެ އެވެ. މިއީ ފުލުހުންގެ އަމިއްލަ އިސްނެގުމަކަށް ހިލޭ ސާބަހަށް ކުރާ މަސައްކަތެކެވެ.

އޭދަފުށީ ކައުންސިލުން ބުނިގޮތުގައި މި މަސައްކަތުގެ ދަށުން ފުލުހުން ޕްރީ ސްކޫލުގެ ދެ ބުރި އިމާރާތާއި ވަށާފާރު އަދި ކޮންކްރީޓް ގޭޓުގެ ކުލަކަހައި އާ ކުރުމަށްވަނީ ހަމަޖެހިފަ އެވެ. މި މަސައްކަތަށް ބޭނުންވާ ތަކެއްޗާއި ކުލަ ފޯރުކޮށްދެނީ ކައުންސިލުންނެވެ.

އޭދަފުށީ ޕޮލިސް ސްޓޭޝަނުން ބުނީ ރަށުގައިކުރާ މި ކަހަލަ ހުރިހާ ކަމެއްގައި ވެސް ފުލުހުންގެ އެހީތެރިކަން ލިބޭނެ ކަމަށާއި ފުލުހުން ތިބީ އެކަމަށް ތައްޔާރަށް ކަމަށެވެ.

ފޭލި ޖަމިއްޔާއިން އިމާރާތްކޮށްދީ 2009 ވަނަ އަހަރު އޭދަފުށީ ރައްޔިތުންނަށް ހަދިޔާކޮށްދިން މި އަގުބޮޑު އިމާރާތް ހުޅުވިފަހުން ކުލަ އާ ކުރާ މިއީ ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. އަބަލިޖޯން

    ބެލެނިވެރިން ލައްވާ ކުލަލާން ނިއްމީ. ދަރިވަރުންގެ ބެލެނިވެރިންނަކީ ބޯގޯސްބައެއްބާ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.