ބ. އެޓޯލް ފުޓްބޯލް ޗެލެންޖް ނޮވެމްބަރު 28 ގައި

އޭދަފުއްޓާއި ކެންދޫ ކުޅުނު މެޗުގެ ތެރެއިން: -- ފޮޓޯ: އިބްރާހިމް ފާއިދު
މިދިޔަ އަހަރުގެ މުބާރާތުގެ ތެރެއިން: — ފައިލް ފޮޓޯ

 

ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ “ބ. އެޓޯލް ފުޓްބޯޅަ ޗެލެންޖު 2014” ނޮވެމްބަރު 28 ގައި ފެށުމަށް މުބާރާތް އިންތިޒާމުކުރާ އޭދަފުށީ ޔޫ ސްޕޯޓްސް އިން ނިންމައިފި އެވެ.

ބ. އަތޮޅުގެ ކުޅުންތެރިންނަށް ފަސްޓް ޑިވިޝަނުން ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި، މިއަތޮޅުގެ ރަށްރަށުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ޔޫ ސްޕޯޓްސް އިން އަތޮޅަށް މިދިޔަ މަހު ހުޅުވާލައިފަ އެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ރަށްރަށުން އޯގަސްޓް 31ގެ ކުރިން ޔޫ ސްޕޯޓްސް އަށް ހުށަހަޅަންޖެހެ އެވެ.

ޔޫ ސްޕޯޓްސް އިން ބުނީ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ބ. އަތޮޅުގެ ރަށްރަށުން 7772861، 7945852 ނަމްބަރު ފޯނާ ގުޅުމުން އިތުރު މައުލޫމާތު ލިބޭނެ ކަމަށެވެ.

2012 ވަނަ އަހަރު ފެށި ބ. އެޓޯލް ފުޓްބޯލް ޗެލެންޖުން ހުނަރުވެރި ޒުވާން ގިނަ ކުޅުންތެރިން އަންނަނީ ފާހަގަކުރެވެމުންނެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. އަމްޖަދު

    އަޅެ ތި މުބާރާތް ހޯމް އެންޑް އަވޭ އުސޫލުން ކުޅެން ވީނު؟؟؟ ރާއްޖޭގައި އެ އުސޫލުން ކުރެވޭ ފުރަތަމަ މުބާރާތަށް ވުމުގެ ޝަރަފުވެސް އޭރުން ލިބޭނެ، މާ ފޯރި ގަދަވެފަ މަޝްހޫރުވެސް ވާނެ އެގޮތް

    ރައްދު
  2. Magey

    މި ފަހަރުވެސް ހަމަ ފަސްޓް ޑިވިށަންގެ މީހުން ނަށް ބައިވެރިވެވޭ ތަ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.