އަމިއްލަފުއްޓަށް މުވައްޒަފުން ނެގުމަށް ބާއްވާ “އޯޕަން ޑޭ” ހޮނިހިރު ދުވަހު

ބ. އަތޮޅުގައި ތަރައްގީކުރާ އަމިއްލަފުށި ރިސޯތް. މި ރިސޯޓަށް މުވައްޒަފުން ނެގުމަށްބާއްވާ ފެއާއެއް އަންނަ ހޮނިހިރު ދުވަހު އޭދަފުށީގައި ފަށާނެ. ފޮތޯ/ އަމިއްލަ ފުށި
ބ. އަތޮޅުގައި ތަރައްގީކުރާ އަމިއްލަފުށި ރިސޯތް. މި ރިސޯޓަށް މުވައްޒަފުން ނެގުމަށްބާއްވާ ފެއާއެއް އަންނަ ހޮނިހިރު ދުވަހު އޭދަފުށީގައި ފަށާނެ. ފޮތޯ/ އަމިއްލަ ފުށި

މިއަހަރުގެ އޮކްޓޯބަރުމަހު ހުޅުވަން އަމާޒުކޮށްފައިވާ އަމިއްލަ ފުށި އަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ބާއްވާ “އޯޕަން ޑޭ” އެއް އޭދަފުށީގައި ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

އަމިއްލަފުށި ރިސޯޓުގެ ޑިރެކްޓާ އޮފް ހިއުމަން ރިސޯސް އާމިނަތު ޝާލީ މިއަދު އީޓީ އަށް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް އޭދަފުށީގައި ބާއްވާ އޯޕަން ޑޭ ގައި އެ ރިސޯޓަށް ބޭނުންވާ ތަފާތު އެކި ދާއިރާތަކުން މުވައްޒަފުން ނެގުމަށް ހަމަޖައްސައިފައިވާ ކަމަށެވެ.

“ހޮނިހިރު އަދި އާދީއްތަ ދުވަހު އަޅުގަނޑުމެން އޭދަފުށީގައި މި ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖައްސައިފައި ވަނީ. އެގޮތުން އޭދަފުށީ މަލްޓިޕާޕަސް ހޯލުގައި ހޮނިހިރު ދުވަހު ހެނދުނު 9ން ފެށިގެން ހަވީރު ހައެއް ޖަހަންދެން ކުރިއަށް ދާނެ،” ޝާލީ ވިދާޅުވި އެވެ. “އާދީއްތަ ދުވަހުވެސް ހަމަ އެގަޑިތަކުގައި ކުރިއަށް ދާނީ.”

ޝާލީ ވިދާޅުވީ މި ފެއާގައި ފުރަތަމަ ކުރަނީ ސްކްރީން އިންޓަވިއުއެއްކަމަށާއި އެއަށް ފަހު ކުދިން ޝޯޓް ލިސްޓްކޮށް ހޮވޭ ފަރާތްތަކަށް ދެ ވަނަ އިންޓަވިއުއަކަށް ނެގޭނެ ކަމަށެވެ.

“ފެއާގައި ކުރާނީ ސްކްރީން އިންޓަވިއުއެއް. އެއަށްފަހު އެޕްލިކޭޝަންތަކަށް ބަލައި ޝޯޓްލިސްޓް ކުރެވޭ ފަރާތަތައް ރިސޯޓަށް ގެނެސް ޑިޕާޓްމަންޓްތަކުގެ ހެޑުންންނާއެކު ދެވަނަ އިންޓަވިއުއެއް ކުރުމަށްފަހު ވަޒީފާލިބޭކަން އަންގާނީ”

ބ. ފިނޮޅޮހުގައި ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް އިން ތަރައްގީކުރާ އަމިއްލަ ފުށީ ރިސޯޓަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާރު ވެސް އަންނަނީ ރިސޯޓަށް ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތަކެއް ވެސް ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.