ބައެއް މަގުތަކުގައި ހުރި ގަސްތައް ކަނޑަނީ

ބ. އޭދަފުށީ ބޮޑު މަގުގައި ހައްދާފައި ހުރި ހިރުނދު ގަހެއް ކައިރިން ބަޔަކު ހިނގާފައިދަނީ. އާއްމުންނަށް އުނދަގޫވާތީ ތިން ގަހެއް ކަނޑާލުމަށްވަނީ ނީލަމަށް ލާފައި— އީޓީ ފޮޓޯ / ތޯރިގް
ބ. އޭދަފުށީ ބޮޑު މަގުގައި ހައްދާފައި ހުރި ހިރުނދު ގަހެއް ކައިރިން ބަޔަކު ހިނގާފައިދަނީ. އާއްމުންނަށް އުނދަގޫވާތީ ތިން ގަހެއް ކަނޑާލުމަށްވަނީ ނީލަމަށް ލާފައި— އީޓީ ފޮޓޯ / ތޯރިގް

 

ބ. އޭދަފުށީގެ ބައެއް މަގުތަކުގައިި އިންދާފައި ހުރި ބައެއް ގަސްގަހުގެ ސަބަބުން، އާއްމުންނަށާއި ސަރުކާރުގެ ބައެއް އިދާރާތަކަށް އުނދަގޫވެ އެކަމުގެ ޝަކުވާ ލިބެމުންދާތީ، އޭގެ ތެރެއިން ބައެއް ގަސްތައް ކަނޑަން ރަށޫ ކައުންސިލުން ނިންމައިފި އެވެ.

އޭދަފުށީ ކައުންސިލުން ބުނި ގޮތުގައި މި ރަށުގެ އެކި ސަރަހައްދު ތަކުގައި ހުރި 3 ގަހެއް ކަނޑަން ނިންމީ، ސަރުކާރުގެ ބައެއް އޮފީސްތަކާއި އާންމުންގެ ގޭގެއަށާއި ދިރިއުޅުމަށް ބޮޑެތި އުނދަގޫތަކެއް ދިމާވާތީ އެކަމުގެ ޝަކުވާ އެ އޮފީހަށް ލިބެމުންދާތީ އެވެ.

އެގޮތުން މިރަށު އޮޝޭނިޔާ ގެ ކައިރީގައި ހުރި ދެ ދިއްގާ ގަހާ މެޖިސްޓްރޭޓް ކޯޓް ކައިރީގައި ހުރި އެއް ނިކަގަސް ކަނޑާލާނެ ފަރާތެއް ހޯދުމަށް ކައުންސިލުން މިހާރުވަނީ ނީލަމަށް ލައިފައެވެ. ކައުންސިލުން ބުނީ  އެ ގަސްތައް ކަނޑާނީ ނީލަމުން ނަގާ ފަރާތްތަކުން ކަމަށެވެ.

އާއްމުންނަަށް އުނދަގޫވާތީ ދާދިފަހުން ވަނީ މިރަށުގައި ހުރި އެންމެ ގިނަ ދުވަސްވީ ދެ ނިކަގަސް ވެސް ކަނޑާލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އަހްމަދު ރަޝީދު (ސީޓޭ)

    އާދޭހާއި އެކު ދަންނަވަން، ގަސްތައް ކަނޑާ ތިރިކުރުމުގެ ބަދަލުގަ، ފަރުވާތެރިކަމާއެކު، ގަސް ނަގައިގެން، އެގަހަށް އެންމެ އެކަށީގެންވާ މާހައުލެއްގައި އިންދުން ބުއްދިވެރި.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.