ވިލާ ކޮލެޖުން ބ. އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލުގެ ބެލެނިވެރިންނާ ބައްދަލުކޮށްފި އެވެ.
ހޯމަ ދުވަހުގެ ރޭ ބަހިއްޔާ ޕްރީ ސްކޫލުގެ ހޯލުގައި ބޭއްވި މި ބައްދަލުމުގައި ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ބަހިއްޔާ ޕްރީސްކޫލް ޕްރައިވެޓައިޒު ކުރުމާގުޅޭ ގޮތުން ބެލެނިވެރިންނާ މައުލޫމާތު ހިއްސާކުރި އެވެ.
މީގެ އިތުރުން މިއަހަރު އޭދަފުށީ ކައުންސިލާ ވިލާ ކޮލެޖު ގުޅިގެން މިރަށުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އެ ކޮލެޖުގެ ކެމްޕަހާއި އަދި އެ ކެމްޕަހުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކާބެހޭ މައުލޫމާތުވެސް މި ބައްދަލުވުގައި ދީފައިވެ އެވެ.
މިއަހަރު ވިލާ ކޮލެޖުން މިރަށުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކާބެހޭ ގޮތުން މައުލޫމާތުދެއްވަމުން ވިލާ ކޮލެޖްގެ ރެކްޓަރު ޑޮކްޓަރ އަޙްމަދު އަންވަރު ވިދާޅުވީ ވިލާކޮލެޖްގެ ކެމްޕަހެއް މިރަށުގައި ޤާއިމްކޮށް ތަފާތު ކޯސްތައް ހިންގަންފެށުމަކީ މިކަމުގެ ސަބަބުން ރަށުގައި ތިބެ މަތީ ތަޢުލީމު ލިބުމުގެ ފުރުޞަތު ހުޅުވިގެންދާނެކަމެއް ކަމަށެވެ. އަދި މި ކެމްޕަހުގައި ކޯސްތައް ފެށުމުގެ ސަބަބުން މި ސަރަޙައްދުގެ ތަޢުލީމީ ނާރެހަކަށް އޭދަފުށި ވެގެންދާނެކަމަށްވެސް އަންވަވު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ވިލާ ކޮލެޖްގެ އިސްބޭފުޅުންނާ އަދި ކައުންސިލްގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.