ވޯލްޑް ކަޕްގެ ޓީމު ތަކުގެ ތެރެއިން ކެމަރޫން

ކެމަރޫން ފުޓްބޯޅަ ޓީމް
ކެމަރޫން ފުޓްބޯޅަ ޓީމް

އެފްރިކާ ސަރަޙައްދުން މިހާތަނަށް އެންމެ ގިނައިން ވޯލްޑްކަޕަށް ކޮލިފައިވުމުގެ ޝަރަފް ހޯދާފައިވާ ކެމަރޫން، މިއީ ވޯލްޑްކަޕްގައި ވާދަކުރާ 7 ވަނަ ފަހަރެވެ. މީގެއިތުރުން ކެމަރޫން އަކީ ވޯލްޑްކަޕްގެ ތާރީހުގައި ކުއަޓަރ ފައިނަލަށް ދިޔަ އެބައްރުގެ ފުރަތަމަ ޓީމުވެސްމެއެވެ. މިއަހަރުގެ މުބާރާތާއި ކުރިމަތިލާއިރު މީގެކުރިން މިހާތަނަށް ގްރޫޕް ސްޓޭޖް ފަހަނަ އަޅައި އެޓީމަށް ދެވުނީ 1990 ވަނަ އަހަރު އިޓަލީގައި ބޭއްވި ފަހަރު އެކަންޏެވެ.

ބައިނަލްއަޤްވާމީ ފުޓްބޯޅައިގައި ކެމަރޫން އަކީ ކުރިން އެބައްރުގެ 1 ވަނައެވެ. ނަމަވެސް ފަހަކަށް އައިސް ކެމަރޫންގެ މައްޗަށް އެ ސަރަހައްދުގެ އެހެން ޤައުމުތައް ދަނީ ކުރި ހޯދަމުންނެވެ. ކެމަރޫންގެ ޓީމަކީ މީގެ ކުރިން އެފްރިކަން ކަޕް އޮފް ނޭޝަން 4 ފަހަރު ކާމިޔާބުކޮށް 2000 ވަނަ އަހަރު އޮސްޓްރޭލިއާގައި ކުރިއަށް ދިޔަ ސަމަރ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓް ކާމިޔާބުކޮށްފައިވާ ޓީމެކެވެ. 2002 ވަނަ އަހަރުގެ ފަހުން އެޓީމަށް ބައިނަލްއަޤްވާމީ ފުޓްބޯޅައިގައި އެއްވެސް ކާމިޔާބެއް ލިބިފައެއް ނުވެއެވެ. އަދި ފީފާ ރޭންކިންގ ގައި އެޓީމު އެންމެ ދަށަށް ސޮއްސާލީވެސް ވޭތުވެދިޔަ އަހަރުގެ ފެބްރުއަރީމަހުގެ ރޭންކިންގ ގައެވެ. އެފަހަރު ކެމަރޫންއަށް ލިބުނީ 79 ވަނައެވެ.

މިފަހަރުގެ ވޯލްޑްކަމަށް ކެމަރޫން ކޮލިފައިވީ އެފްރިކާ ސަރަހައްދުން އެޓީމު ހިމެނުނު ގްރޫޕުން އެއްވަނަ ހޯދައި، ޕްލޭއޮފް ގައި ޓިއުނީޝިއާގެ މައްޗައް ދެމެޗުގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ. ކޮލިފައިންގައި ރަނގަޅު ނަތީޖާތަކެއް ހޯދައި މިފަހަރުގެ ވޯލްޑްކަޕާއި ކުރިމަތިލާއިރު ކެމަރޫންގެ އެންމެބޮޑު އަމާޒަކީ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމެވެ.

މިފަހަރުގެ ވޯލްޑްކަޕްގައި ކެމަރޫންގެ ކޯޗެއްގެ ގޮތުގައި ހުންނާނީ، 2013 ވަނަ އަހަރު މެއިމަހު ޓީމާއި ޙަވާލުވި ޖަރުމަނަށް އުފަން އުމުރުން 65 އަހަރުގެ ވޮލްކަރ ފިންކޭ އެވެ. ވޯލްޑްކަޕްގެ ތަޖުރިބާ ފުރަތަމަފަހަރު ކުރާ، ފިންކޭ މިއީ ޤައުމީ ޓީމަކަށް އިރުޝާދުދޭ ފުރަތަމަ ފަހަރުވެސްމެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.