ހަ ރަށެއްގެ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމަށް ދެމިލިއަން ރުފިޔާ

ހަ ރަށެއްގެ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމަށް ދެ މިލިއަން ރުފިޔާ ހޭދަ ކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

އެ ރަށްތަކަކީ ށ. ކަނޑިތީމާއި ވ. ފުލިދު އާއި ފެލިދޫ އަދި ކެޔޮދޫގެ އިތުރުން ނ. މާޅެންދު އާއި ރ. ރަސްމާދޫ އެވެ.މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓްގައިވާ ގޮތުން ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމަށް އެންމެ ބޮޑު ހޭދައެއް ކުރާނީ ކަނޑިތީމަށެވެ. އެރަށުގެ ދަނޑަށް 750،000ރ. ކަނޑައަޅާފައިވެ އެވެ. އަނެއް ފަސް ރަށަށް ކަނޑައަޅާފައިވަނީ ކޮންމެ ރަށަކަށް 250،000ރ. އެވެ. މީގެ އިތުރުން އެކި ރަށްތަކުގެ ދަނޑުތަކާއި ކުޅިވަރުކުޅޭ ކޯޓްތައް ތަރައްގީ ކުރުމަށް 20 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

ކުޅިވަރާ ބެހޭ މިނިސްޓްރީން މި ގޮތަށް ނިންމިއިރު ރާއްޖޭގެ ފުޓްބޯޅަ އަށް މަޝްހޫރު ބައެއް ރަށަތަކުގެ ދަނޑު ހެދުމަށް ބަޖެޓްކޮށްފައިނުވެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކުރެވެނީ ބ. އޭދަފުއްޓާއި އއ. ތޮއްޑޫ އެވެ. މީގެ ތެރެއިން އޭދަފުށްޓަކީ އެންމެ ގިނަ އަދަދަކަށް އެއް ރަށަކުން ފުރަތަމަ ޑިވިޝަނުގައި ފުޓްބޯޅަ ކުޅޭ ކުޅުންތެރިން ތިބިރަށެވެ. އެރަށުން އެކަނި 22 ކުޅުންތެރިން ފުރަތަމަ ޑިވިޝަނުގައި ކުޅެމުންދެ އެވެ. (ޚަބަރު: ވީ މީޑިއާ)

.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. Mohamed Falah

    ފުޓްބޫޅަ ދަނޑު ސްކޫލާ ކައިރިވީމަ މިދަނޑުގަވެސް އަނެއް ދަނާލު އަޅަން ވިސްނާފަ އޮތީކަމަށް ވެދާނެ!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.