ވޯލްޑް ކަޕްގެ ޓީމު ތަކުގެ ތެރެއިން ސްޕެއިން

ސްޕެއިން ފުޓްބޯޅަ ޓީމް
ސްޕެއިން ފުޓްބޯޅަ ޓީމް

 

ވޯލްޑްކަޕްގެ ފޭވަރިންޓުގެ ތެރޭގައި ހިމެނޭ ސްޕެއިންއަކީ ހުނަރުވެރި އެތައް ކުޅުންތެރިންތަކަކާއި އެކު މުބާރާތް ކާމިޔާބު ކުރަން ކުރިމަތިލާ ޓީމެކެވެ. ބައިނަލްއަޤްވާމީ ފުޓްބޯޅައިގައި މީގެ ކުރިން ކާމިޔާބީއާއި ދުރު ސްޕެއިން ފަހަކަށް އައިސް ދައްކަމުންދާ ތަފާތު މޮޅު ކުޅުމުގެ ސަބަބުން އެޓީމަކީ ދުނިޔޭގައި ތާރީޚުގައި އުފެދުނު އެންމެ މޮޅު ޓީމްކަމަށް ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

1904 ވަނަ އަހަރު ފީފާގެ މެމްބަރަކަށްވި ސްޕެއިންގެ ޤައުމީ ޓީމް ފުރަތަމަ ފަހަރަށް މެޗެއް ކުޅުނީ 1920 ވަނަ އަހަރުއެވެ. ފުރަތަމަ ފަހަރަށް ލިބުނު ބޮޑު ކާމިޔާބީއަކީ 1964 ވަނަ އަހަރު އަމިއްލަ ޤައުމުގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތެވެ. މިހާތަނަށް ބާއްވާފައިވާ 19 ވޯލްޑްކަޕްގެ ތެރެއިން ސްޕެއިން ވަނީ 13 ފަހަރު ވާދަކޮށް އެންމެ ފަހުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. ވަރުގަދަ ލީގެއް އޮންނަ ސްޕެއިންއަށް ބައިނަލްއަޤްވާމީ ފުޓްބޯޅައިގައި ކާމިޔާބީ މަދުކަމަށް ބުނެ ފާޑުކިއުންތައް އަމާޒުވިނަމަވެސް 2010 ވަނަ އަހަރުގެ ވޯލްޑްކަޕާއި 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރުމުން ސްޕެއިން ފަދަ ދެވަނަ ޓީމެއް މިވަގުތު ދުނިޔޭގައި ނެތްކަމަށް ފުޓްބޯޅައަށް ލޯބިކުރާ ގިނަބަޔަކު ބުނެއެވެ. ޔޫރަޕުން ބޭރުގައި ވޯލްޑްކަޕްގެ ތައްޓެއް އުފުލާލި އެސަރަހައްދުގެ ހަމައެކަނި ޤައުމުކަމަށްވާ ސްޕެއިންއަކީ އެންމެ ގިނަ މެޗް ބަލިނުވެ ކުޅެފައިވާ ރެކޯޑް ބްރެޒިލްއާއި އެކު ހިއްސާ ކުރާ ޤައުމެކެވެ. މިދެޤައުމުވެސް ވަނީ ބައިނަލްއަޤްވާމީ ފުޓްބޯޅައިގައި ބަލިނުވެ ޖެހިޖެހިގެން 35 މެޗް ކުޅެފައެވެ.

މިފަހަރުގެ ވޯލްޑްކަޕަށް ސްޕެއިން ކޮލިފައިވީ ޔޫރަޕުން އެޓީމު ހިމެނުނު ގްރޫޕްގެ އެއްވަނަ މަޤާމް ހޯދައިގެންނެވެ. ކޮލިފައިންގައި ފްރާންސް އާއި އެއް ގްރޫޕެއްގައި ލައްވާލި ނަމަވެސް ކުޅުނު 8 މެޗުގެ ތެރެއިން 6 މެޗް ކާމިޔާބުކޮށް 2 މެޗް އެއްވަރުކޮށް ވޯލްޑްކަޕްގެ ޖާގަ ކަށަވަރުކުރީ ޖުމްލަ 20 ޕޮއިންޓާއިއެކުއެވެ.

މިފަހަރުގެ މުބާރާތުގައިވެސް ސްޕެއިން ޓީމުގައި ވޭތުވެދިތަ އަހަރުތަކުގައި ކުޅުނު މޮޅެތި ގިނަ ކުޅުންތެރިންތަކެއް ހިމެނޭނޭކަމަށް ބެލެވެއެވެ. އޭގެތެރޭގައި ޒަވީ، އިނިއެސްޓާ، އެލޮންސޯ ފަދަ ކުޅުންތެރިން ހިމެނެއެވެ. ތަރިންގެ މި ޓީމާއިއެކު ޖެހިޖެހިގެން ދެވަނަ ފަހަރު މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގައި ކޯޗެއްގެ ގޮތުގައި ނުކުންނާނީ ސްޕެއިންއަށް އުފަން އުމުރުން 63 އަހަރުގެ ވިސެންޓޭ ޑެލްބޮސްކޭއެވެ. 2008 ވަނަ އަހަރު އެޤައުމުގެ ކޯޗުކަމާއި ހަވާލުވި ޑެލްބޮސްކޭ އަކީ 1999 ން 2003 ވަނަ އަހަރަށް ސްޕެއިންގެ ވަރުގަދަ ކްލަބް ރިއަލް މެޑްރިޑަށްވެސް ކޯޗުކަންކޮށްދީފައިވާ ތަޖުރިބާކާރެކެވެ. މީގެއިތުރުން އޭނާއަކީ ޔޫރަޕިއަން ޗެމްޕިއަންސްލީގާއި، ޔޫރޯ ފުޓްބޯޅަ މުބާރާތާއި، ވޯލްޑްކަޕް ހޯދައިފައިވާ ހަމައެކަނި ކޯޗުވެސްމެއެވެ. މި ގްރޫޕްގައި ސްޕެއިންގެ އިތުރުން ދެންހިމެނެނީ ނެދަލޭންޑްސް، ޗިލީ އަދި އޮސްޓްރޭލިއާއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.