ފެހެންދޫއަށް އުދަ އަރަނީ

ބ. ފެހެންދޫއަށް އުދައަރާފައި-- އީޓީ ފޮޓޯ / ޒުހުދާ
ބ. ފެހެންދޫއަށް އުދައަރާފައި– އީޓީ ފޮޓޯ / ޒުހުދާ

 

ބ. ފެހެންދޫއަށް ރޭ ދަންވަރުން ފެށިގެން ވަރަށް ބޮޑަށް އުދަ އަރައިފި އެވެ.

ފެހެންދޫގައި ހުރި އީޓީގެ ރިޕޯޓަރު ފާތުމަތު ޒުހުދާ ބުނީ ރޭ ދަންވަރުން ފެށިގެން އެރަށުގެ އުތުރު ފަރާތަށް ވަރަށް ބޮޑަށް އުދަ އަރަމުންދާ ކަމަށެވެ.

އެގޮތުން ރޭ ދަންވަރު އަދި މިއަދުވެސް 100 ވަރަކަށް ފޫޓުގެ ސަރަހައްދަކަށް ވަނީ އުދަ އަރައިފަ އެވެ.

“މިރަށުގެ އުތުރު ފަރާތަށް އެއްކޮށްހެން އުދަ އަރަމުންދަނީ. އުދަ އެރުމުގެ ސަބަބުން އެ ސަރަހައްދުގައި އޮޑި ހަރުގެއަކަށް ގެއްލުންތަކެއް ވަނީ ލިބިފައި،” އޭނާ ބުންޏެވެ.

ބ. ފެހެންދޫއަށް އުދައަރާފައި-- އީޓީ ފޮޓޯ / ޒުހުދާ
ބ. ފެހެންދޫއަށް އުދައަރާފައި– އީޓީ ފޮޓޯ / ޒުހުދާ

 

 އުދަ އެރުމުގެ ސަބަބުން އެ ރަށުގެ އެއްވެސް ގެއަކަށް އުދައިގެ އަސަރުކޮށްގެން އެއްވެސް ގެއްލުމެއް ނުލިބެއެވެ. އެކަމަކު އުދަ އަރާސަރަހައްދުގައި ހުރި ބައެއް ގަސްގަހަށް ގެއްލުން ލިބިދާނެ ކަމުގެ ބިރު އެބަ އޮތެވެ.

ހުޅަނގު މޫސުމުގެ މިދުވަސްވަރަކީ ކޮންމެ އަހަރަކުވެސް ރާއްޖޭގެ ރަށްތަކަށް އުދަ އަރަމުން ދާ ދުވަސްވެރެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.