ވޯލްޑް ކަޕްގެ ޓީީމު ތަކުގެ ތެރެއިން ޗިލީ

ޗިލީ ފުޓްބޯޅަ ޓީމް
ޗިލީ ފުޓްބޯޅަ ޓީމް

 

ދުނިޔޭގެ ގަދަ ދެބާރުންނާއި އެއް ގްރޫޕެއްގައި އޮތަސް މިފަހަރުގެ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖްގައި ހައިރާންކުރުވަނިވި ނަތީޖާތަކެއް ނެރުމުގެ އަޒުމުގައި ނުކުންނަ ޗިލީއަކީ ހުނަރުވެރި ކުޅުންތެރިންތަކެއް ހިމެނޭ އަވަސް ފުޓްބޯޅައެއް ކުޅޭ ޓީމެކެވެ. ދެކުނު އެމެރިކާ ބައްރަށް ނިސްބަތްވާ ޗިލީ ވޯލްޑްކަޕްގައި ވާދަކުރާ މިއީ 9 ވަނަ ފަހަރެވެ. 2010 ވަނަ އަހަރުވެސް ސްޕެއިން އާއި އެއްގްރޫޕެއްގައި ލައްވާލި ޗިލީ ވަނީ އެފަހަރު ދެވަނަ ބުރާއި ހަމައަށް ގޮސްފައެވެ. ވޯލްޑްކަޕްގެ ތާރީޚުގައި މިހާތަނަށް އެޓީމަށް ލިބުނު އެންމެބޮޑު ކާމިޔާބަކީ 1962 ވަނަ އަހަރުގެ އަމިއްލަ ޤައުމުގައި ބޭއްވި މުބާރާތުން 3 ވަނައެވެ. އެމުބާރާތުން ޗިލީ ކެޓީ ސެމީފައިނަލްގައި ޗެމްޕިއަން ބްރެޒިލް އަތުން 4-2 ން ބަލިވެގެންނެވެ. 

ބައިނަލްއަޤްވާމީ ފުޓްބޯޅައިގައި މިހާތަނަށް އެއްވެސް ތައްޓެއް ލިބިފައިނުވާ ޗިލީ މިފަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވީ ދެކުނު އެމެރިކާ ސަރަހައްދުން އެޓީމު ހިމެނުނު ގްރޫޕްގެ 3 ވަނަ ހޯދައިގެންނެވެ. ކޮލިފައިންގައި އެޓީމުވަނީ ކުޅުނު 16 މެޗްގެ ތެރެއިން 9 މެޗް ކާމިޔާބުކޮށް 1 މެޗްއެއްވަރުކޮށް އަދި 6 މެޗުން ބަލިވެފައެވެ. ޗިލީއަށް ނިސްބަތްވާ ބައެއް ކުޅުންތެރިންނަށް ޔޫރަޕްގެ ވަރުގަދަ ކްލަބްތަކުން ފުރުޞަތު ލިބެމުން ދިއުމުގެ ސަބަބުން އެޤައުމުގެ ފުޓްބޯޅައަށް ރަނގަޅު އަސަރުތަކެއް ކޮށްފައިވާކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނެއެވެ. އެހެންކަމުން މިފަހަރުވެސް ގްރޫޕް ސްޓޭޖް ފަހަނައަޅައި ޗިލީއަށް ދެވަނަ ބުރަށް ދެވިދާނެކަމަށް ބައެއް ފަރާތްތަކުން ޤަބޫލުކުރެއެވެ.

މިފަރުގެ މުބާރާތުގައި ޖޯޖް ސަމްޕައޯލީގެ އިރުޝާދުގެ ދަށުން ނުކުންނަ ޗިލީ ޓީމްގެ ކެޕްޓަންކަން ކުރާނީ އެޓީމުގެ ގޯލްކީޕަރ އުމުރުން 30 އަހަރުގެ ކްލައުޑިއޯ ބްރާވޯއެވެ. އާޖެންޓީނާއަށް އުފަން އުމުރުން 54 އަހަރުގެ ޖޯޖް ސަމްޕައޯލީ ޗިލީގެ ކޯޗްކަމާއި ޙަވާލުވީ 2012 ވަނަ އަހަރުއެވެ. އަދި މިއީ އެނާގެ ކޯޗިން ކެރިއަރގައި ވޯލްޑްކަޕްގައި ކުރާ ފުރަތަމަ ތަޖުރިބާއެވެ.

ޗިލީއާއި އެކު ދެން ގްރޫޕްގައި ހިމެނޭ ގަދަ ދެބާރުންނަކީ ދުނިޔެއާއި ޔޫރަޕްގެ ޗެމްޕިއަން ސްޕެއިންއާއި، ނެދަލޭންޑްސް އިތުރުން އޮސްޓްރޭލިއާއެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.