ހަގީގީ ހާދިސާ: މަންމަން ކުއްޖަކު ރޭޕް ކުރި ވާހަކަ

ނޯޓް: މިހާދިސާގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ.  މުޖުތަމައުގައި ހިނގާ މިފަދަ ހާދިސާތައް ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމުގެ މަޤްޞަދަކީ މިފަދަ ހާދިސާތަކުން ޢިބުރަތެއް ހާޞިލްކުރުމަށެވެ. އަދި މުޖުތަމަޢުގައި ހިންގާ މިފަދަ ފާހިޞް އަމަލުތައް ހުއްޓުވުމަށް އެންމެން އެކީ އެކުގައި އަތުކުރި އޮޅާލައިގެން މަސައްކަތް ކުރުމުގެ ރޫޚް އަށަގެންނެވުމެވެ.  

އަހަރެންނަކީ ޢުމުރުން 22 އަހަރުގެ މާލެ އަތޮޅު (އަސްލު އަތޮޅެއް ނޫން) ރަށެއްގެ މީހެކެވެ. އަހަރެން އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުންދަނީ މާލޭގައި ކަމުން ރަށަށް ދެވެނީ މަދު ފަހަރެއްގައެވެ. އަހަރެންގެ އެއްބަނޑު އެއްބަފާ  ދައްތަ އަރީކާ (އަސްލުނަމެއް ނޫން) އުޅެނީ ރަށުގައެވެ. ދައްތަގެ އިތުރުން ގޭގައި އުޅެނީ މަންމައާއި ބައްޕައެވެ. އެހެން އެންމެން އުޅެނީ މާލޭގައެވެ. ދައްތައަކީ މަންމަނެއް ކަމަކު ވަރަށް ރީތި ދޮން އަންހެން ކުއްޖެކެވެ. ރަށުގެ ގިނަ ޒުވާންގެ ހިތްތައް ކަތިލާފަދަ ޖިންސްލަތީފެކެވެ. ދައްތައަކީ މަންމަނެއްކަމެއް ރަށުން ބޭރުން ރަށަށް އަރާ އެއްވެސް މީހަކަށް ބަލާބެލުމަކުން ފާހަގަ އެއް ނުކުރެވޭނެއެވެ. އަޑު އިވުމާއި ވާހަކަ ދެއްކުމުން މަހްރޫމް ވެފައިވާ މި ދައްތަގެ އެންމެހައި ކަންތައްތައް ބަލަހައްޓަމުން އަންނަނީ އަހަރެންގެ މަންމައާއި ބައްޕައެވެ. އަހަރެން ރަށަށްދާ ބައެއްފަހަރު އަހަރެންނާއެކު ހިނގާލަން ދިއުމަކީ ދައްތަގެ އާދައެކެވެ. އަދި ގެއިން ބޭރުގައި އުޅޭ އުޅުމުގައި ދައްތައަށް ހިތްކިޔާ އެތައް ޒުވާނުންނެތް ރަށުގައި އުޅޭކަން އަހަރެންނަށް ފާހަގަ ކުރެވެއެވެ. ނަމަވެސް އެއިން އެއްވެސް މީހެއްގެ ނަމެއް މިއަދު އަހަރެން ހާމަކުރާކަށް ނެތީމެވެ.

އެކުވެރިންނެވެ. އެއްދުވަހަކު އަހަރެން އޮފީހުގައި ހުއްޓާ ރަށުން ފޯނެއް އައެވެ. އެއީ ގެއާއި ޖެހިގެން ހުންނަގޭގެ އަވަށްޓެރިއެއްގެ ފޯނު ކޯލެކެވެ. އޭނަ އަހަރެންނަށް ގުޅައި ބަޔަކު މީހުން ދައްތަ ގަދަކަމުން ރޭޕްކޮށްލައިގެން އުޅޭކަމަށް މުންޏެވެ. އަދި މިމައްސަލަ ކަމާބެހޭ ފަރާތްތަކަށްވެސް ރިޕޯޓްކޮށްފައިވާނެ ވާހަކަ ބުންޏެވެ. މިހެން ބުނުމާއެކު އަހަރެން ފެންކަޅިވިއެވެ. ވަރަށް ދެރަވިއެވެ. އަދި މާދަން ރަށަށް އެބަދަމޭ ބުނެ ފޯނު ކަނޑާލީމެވެ. ޖެހިގެން އައި ދުވަހު ރަށު ފެރީއަށް އަރައިގެން އަހަރެން ރަށަށް ދިޔައީމެވެ. ގެއަށް ވަނުމާއެކު މަންމަ ރޮމުން ރޮމުން އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. ބައްޕަ އަށް ބުނާނެ އެއްޗެއް ނޭގި ބަސް ހުއްޓިފައި ހުއްޓެވެ. އޭރު ދައްތަވީ ދައްތަގެ ކޮޓަރީގައެވެ. ދައްތައަކީ މީހަކާ ވާހަކަ ދެއްކޭ އަޑުއިވޭ މީހެއް ނޫންކަމުން ދައްތަ ކުރާނެ ހިތާމަ މިއަދު އަހަރެންނަށް ތަސައްވުރު ކުރެވެއެވެ. އެހެންކަމުން މަންމަމެންނާއި މާގިނަ ވާހަކަ ތަކެއް ނުދައްކައި އަހަރެންގެ ރައްޓެއްސަކާއި ބައްދަލުކޮށްލާފަ އެބަ އަންނަމޭ ބުނެ ގެއިން ނިކުތީމެވެ.

ސާފިޢު(އަސްލުނަމެއް ނޫން) އަކީ ރަށުގައި އުޅޭ ކުދިންގެ ތެރެއިން އަހަރެންގެ އެންމެ ގާތް ރަށްޓެއްސެވެ.  މިހާރުގެ ނަމުންނަމަ ބެސްޓްފްރައިންޑެވެ. އެހެންކަމުން އަހަރެން ސާފިއު އާއި ބައްދަލުކޮށް މިކަން ހިނގާދިޔަގޮތް އެއްވެސް ވަރަކަށް އެނގޭތޯ އަހާލީމެވެ. އެވަގުތު ސާފިއު އިސްޖަހާލުމަށްފަހު ކަންހިނގާދިޔަ ގޮތް ކިޔައިދޭން ފެށިއެވެ. އަދި ބުންޏެވެ. މިވާހަކަ  ސާފިއުގެ ކައިރީ ބުނީ މިކަން ކުރި މީހުންގެ ތެރެއިން މީހެކެވެ. އެއީ ސާފިއުގެ އެކުވެރިއެކެވެ. އަދި މިކަން ސިއްރުކޮށްދެއްޗޭވެސް ބުނެފައިވާކަމަށް ސާފިޢު އެވަގުތު ބުންޏެވެ. އެކަމަކު އަހަރެން އެހުމުން ސާފިއުއަކަށް އެކަން ސިއްރެއް ކުރާކަށް ނުކެރުނެވެ. ތަފްޞީލްކޮށް މިވާހަކަށް ކިޔައިދެމުން ގެންދިޔައެވެ.

”ސާފިއުގެ ރައްޓެއްސެއްކަމަށްވާ ވިޝާމް(އަސްލުނަމެއް ނޫން) އާއި އޭނާގެ ބައިވެރިންގެ ތެރެއިން ބައެއް ކުދިންނަކީ އަރީކާ އާއި ގާތްގުޅުމެއް ބޭއްވޭތޯ އެތައް ގޮތަކުން މަސައްކަތް ކުރަމުން ދިޔަބައެކެވެ. އަދި އަރީކާ އެކަނިވާ ވަގުތުތަކަށް ފާރަލަމުން ގެންދިޔަ ބައެއްވެސް މެއެވެ. އެންމެނަށްވެސް އަރީކާ އަކީ މަންމަން ކުއްޖެއްކަން ވެސް އެނގެއެވެ. އަދި ކަމެއް ކުރިއަށް މީހެއްގެ ކައިރީ ބުނަން ނޭގޭނެ ކުއްޖެއްކަންވެސް އެނގެއެވެ. މިހެން ކަމުން އެއްރެއަކު މިމީހުން އަރީކާ ގޭގައި ނިދާފައި އޮއްވާ އެގޭ މީހުންނާއި ވަގަށް ރަށުގެ މީހުން ނޫޅޭ ގޮނޑުދޮށް ފަރާތައް ގެންދިއުމަށް މަޝްވަރާކުރިއެވެ.

 ޖެހިގެން އައިރޭ ދަންވަރުގެ ވަގުތެވެ. މިގްރޫޕްގައި ހިމެނޭ 16 މީހުން ވެގެން އަރީކާ ގެއިން ގެންދާނެގޮތަކާއި މެދު ވިސްނިއެވެ. އެމީހުން މޮޅު ގޮތެއް ވިސްނާލުމަށްފަހު އޭގެތެރެއިން ދެތިން މީހަކު ވަގަށް އަރީކާ އުޅޭ ގެއަށް ވަނެވެ. އޭރު އަރީކާގެ މަންމައާއި ބައްޕަ އޮތީ ގަދަ ނިދީގައެވެ. އެހެންކަމުން މިމީހުންނަށް ލިބުނު ފުރުޞަތުގެ ބޭނުން ހިފައި އަރީކާގެ ކޮޓަރީގެ ދޮރު ހުޅުވުމަށްފަހު އަރީކާގެ އަނގަމަތީގައި ފޮތިގަނޑެއް އަޅައިގެން މިތިން މީހުން އަރީކާ ގޮވައިގެން ރަށުގެ މީހުންނޫޅޭ ހިސާބުގެ ގޮނޑުދޮށް ފަރާތަށް ދިޔައެވެ. ފަހަތުން މިގްރޫޕްގައި ހިމެނޭ އެހެން  މީހުންވެސް އެދިމާލަށް ދިޔައެވެ. އޭރު ރަށުތެރެއިން މި ގްރޫޕްގެ އިތުރުން އެއްވެސް މީހަކު ފެންނާކަށެއް ނެތެވެ. ރަށުގެ އެންމެން ތިބީ ނިދާފައެވެ. ރަށުތެރެ އޮތީ ހަމަހިމޭން ވެފައެވެ.

މިމީހުން އަރީކާ އެތަނަށް ގެންގޮސް އަނގަމަތީ އަޅާފައިއޮތް ފޮތިގަނޑު މޮހާލިއިރު އޭނާ ގިސްލާ ރޮމުން ދެއެވެ. ވާހަކަ ނުދެއްކޭ ހާލު އޭނަޔަށް މިމީހުންގެ ކިބައިން މިންޖު ވެވޭނެ ހަމަ އެއްގޮތެއްވެސް ނެތެވެ. ކިތަންމެ ވަރަކަށް ރުޔަސް އެއަޑު އިވޭނެ ހަމަ އެކަކުވެސް އެތާކު ނެތެވެ. މިމީހުން އަރީކާ އެރަށުގެ ގޮނޑުދޮށްފަރާތުގައި ގަދަކަމުން ބޭއްވުމަށްފަހު މިގްރޫޕް އެންމެން ވެގެން މި މަޢުސޫމް ނިކަމެތި މަންމަން އަންހެން ކުއްޖާއަށް ޖިންސީ އެތައް ގޯނާތަކެއް ކުރަމުން ދިޔައެވެ. އެއިން ކޮންމެ މީހެއްގެވެސް އަމިއްލަ އެދުން ފުއްދާލުމަށްފަހު މިނިކަމެތި ކުއްޖާއަށް އަނިޔާއެއް ނުދީ ނިންމައެއް ނުލައެވެ. ނަފްސާނީގޮތުން ބިރުދައްކަމުން ދެމުންދިޔަ އަނިޔާތައް ހިތަށް ވަޒަން ކުރެވޭނީ ކިހިނަކުން ހެއްޔެވެ. ފޮތެއްގައި ލިޔާލިޔެލުމަކުން މިކަން ބަޔާންކޮށް ހާމަކޮށްދޭނީ ކިހިނަކުން ހެއްޔެވެ. އޭރު އަރީކާ ގިސްލަ ގިސްލާ ރޮމުން ދެއެވެ. މީހާ ވަނީ މިލާ މޯޅިވެފައެވެ. ގައިގެ އެއްވެސް ހަކަތައެއް ނެތެވެ. ރޮއެރޮއެ ދެލޯ ވަނީ ރަތްވެފައެވެ. ޖައްވައް ގުގުމަމުންދިޔައީ މަންމަން ކުއްޖެއްގެ ވޭނީ އާހްގެ އަޑެވެ.

މިއެންމެން ވެގެން އަރީކާ އާއިމެދު ގަދަކަމުން ބަދުއަހްލާޤީ އަމަލު ހިނގުމަށްފަހު އޭނާ ގެއަށް ގެންގޮސް ލިއެވެ. އޭރުވެސް އޭނާ ގިސްލާ ރޮމުން ދިޔައެވެ.”

ސާފިއުގެ ފަރާތުން މިވާހަކަތައް އަހަރެންނަށް ކިޔައިދީ ނިމުމުއިރު ސާފިއުވެސް ހުރީ ފެންކަޅިވެފައެވެ. އަހަރެންނަށް ހުރީ  އަނގައިން ބަސް ހުއްޓިފައެވެ. އެހެންކަމުން ދަނީއޭ ބުނެ ހިތްވަރުކޮށްލާފައި ގެއާއި ދިމާލަށް ދާން ހިނގައިގަތީމެވެ.

ގެއަށްގޮސް މަންމަމެންނަށް މިކަން އެނގުނީ ކިހިނަކުންތޯ މަންމައާއި ސުވާލުކުރީމެވެ. މަންމަ ވަރަށް ދެރަވެ އިނދެ ކިޔައިދޭން ފެށިއެވެ. ހެނދުނު ތެދުވެގެން އަރީކާ ކޮބައިތޯ ބަލާލަން އެކޮޓަރީގެ ދޮރު ހުޅުވާލިއިރު އަރީކާ ރޯން އޮއްވާފެނުމުން ކަމެއް ގޯސް ވެއްޖެކަން މަންމައަށް އެނގުނެވެ. އޭރު އަރީކާގެ މޫނުވަނީ އެއްކޮށް މިލާ މޯޅިވެފައެވެ. ގައިގެ އެތަން މިތަން ވަނީ ނޫފައި ގަތްފައެވެ. އެރޭ ނުނިދާ ހުރުމުން ދެލޯ ވަނީ ރަތްވެފައެވެ. ތެދުވެގެން ހިނގާލާނެހާ ވަރުވެސް އަރީކާގެ ގަޔަކުނެތެވެ. އަރީކާއަކަށް މިއިން އެއްވެސް ވާހަކައެއް އަތުގެ އިސާރާތުން ނޫނީ ކިޔައެއް ނުދެވެއެވެ. އޭނާ އަތުގެ އިސާރާތުން މިކަން މަންމައަށް ވަރަށް ރަނގަޅަށް އެނގުނެވެ. އެހެންކަމުން މިކަން ކަމާބެހޭ ފަރާތްތަކަށް ހުށަހެޅީއެވެ.” މަންމަގެ ވާހަކަ ނިމުމުން އިތުރަށް ދެރަވިއެވެ. ދެން ހިނގާނެ ކަމަމާމެދު ފުންކޮށް ވިސްނާލެވުނެވެ.

އެކުވެރިންނެވެ. މިއީ އެމަޢުސޫމް ދައްތަގެ ހާލެވެ. މާގިނަ ދުވަސްތަކެއް ނުވެ މިކަން ކުރި މީހުން ހޯދާ ކަމާބެހޭ ފަރާތްތަކުން މިމައްސަލައިގެ ތަހްޤީޤް ކުރިއެވެ. ނަމަވެސް މިހާރު އެއީ މާޒީއެވެ.  މިކަމާއި ގުޅިގެން ދައްތަ ރަށްމެދަށް ބަލިވެ އިނދެ ކުއްޖަކު ލިބުނެވެ. އަދި މިކުއްޖާގެ ބައްޕައަކީ ކޮންބައެއްކަންވެސް މިއަދު އެ ދައްތައަށް އެނގެއެވެ. ނަމަވެސް ރަށުގެ އެއްވެސް މީހަކު މިއަދު އެ ދައްތަ ރަށަށް ގިނަކޮށެއް ނުލައެވެ. އެއީ ދައްތަގެ އެއްވެސް ކުށެއް މިކަމުގައި ނެތްކަން ރަށުގެ އެންމެނަށްވެސް މިހާރު އެނގެއެވެ.

އޭގެ ދުވަސްތަކެއް ފަހެވެ. ރަށުގެ ގަދަރު ހުރި އަހްލާޤް ރަނގަޅު މާތް މީހަކު އަރީކާގެ ކައިވެންޏަށް އެދުމުން މިއަދު އަރީކާ އެވަނީ އޭނާއާއި އެކު އާޒަވާޖީ ހަޔާތެއް ފަށާފައެވެ. މިއަދު އެއީ ހެޔޮލަފާ ފިރިއެއްގެ ފުރިހަމަ ލޯތްބާއި އަޅާލުންލިބި އުފާވެރި ހަޔާތެއްް ވޭތުކުރަމުންދާ މަންމަން ކުއްޖަކީމެވެ. މިއަދު އެފަދަ ހަދިމުޑުދާރު އަމަލު ހިންގާ ބައެއްގެ ޝިކާރައަކަށް ދެނެއް އެ އަރީކާއެއް ނުހެދޭނެއެވެ. މިއަދު އަރީކާއަށް އެވަނީ ފިރިއެއްގެ ހިމާޔަތުގައެވެ. އެދުވަހު އަރީކާ ހިތުގައި ޖައްސާ ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަނިޔާ ކުރި މީހުން ތިބީ ކުޑަ ގޮޅިތަކުގެ ތޭރިތަކުގެ ދަށުގައެވެ. ބައެއް މީހުން މިނިވަންވިއެއް ކަމަކު އެ އެންމެންނަކީވެސް މިއަދު ކުށުގެ ރެކޯރޑްސް އޮންނަ މީހުންނެވެ.

އެކުވެރިންނެވެ. މުޖުތަމައުގައި ހިންގާ މިފަދަ ވިޔާނުދާ އަމަލުތައް ހުއްޓުވުމަކީ އެންމެންގެ ޒިންމާއެކެވެ. ވަކި މީހެއްގެ ކޮނޑުގައި އެޅިފައިވާ ވަކި މީހެއްގެ މަސްޢޫލިއްޔަތެއް ނޫނެވެ. މިކަން ހުއްޓުުވުމަށް އެންމެންވެސް މަސައްކަތް ކުރަން ޖެހެއެވެ. އަދި މިފަދަ ޢަމަލެއް ހިންގިކަމުގެ މައުލުމާތެއް ލިބިއްޖެނަމަ ވީއެންމެ އަވަހަކަށް ކަމާބެހޭ ފަރާތްތަކަށް އަންގަން ޖެހެއެވެ. މިފަދަ ކަމެއް ބަޔަކު ކުރާކަން އެނގިހުރެ ނޭންގުމަކީ މިފަދަ ކަންކަން ކުރުމަށް ލިބޭނެ ބޮޑު ހިތްވަރެކެވެ. އެހެންކަމުން ކޮންމެ ފަރުދަކުވެސް މިކަންކަމާމެދު މިއަދު ފުންކޮށް ވިސްނާލުން މުހިންމެވެ. 

                          …………………………….

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.