އާރުޓީއެލް ފެރީގެ ހިދުމަތް ނ. އަތޮޅަށް ފަށައިފި

“ރާއްޖެ ޓްރާންސްޕޯޓް ލިންކް” (އާރުޓީއެލް)ގެ ފެރީގެ ހިދުމަތް ނ. އަތޮޅުގައި މިއަދު ފަށައިފި އެވެ.

މި މަޝްރޫއުގެ ޒޯން 2 ގެ ނ. އަތޮޅަށް ފެރީގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިކަން އިފްތިތާހުކުރުމަށްތަކައި ނ. މަނަދޫގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެމްޓީސީސީން ބުނީ ނ އަތޮޅަށް އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމާއެކު އެ އަތޮޅުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބި، ރައްޔިތުން ރަށު ބަންދުން ވީއްލި ދަތުރުފަތުރަށް އިންގިލާބީ އާ ބާބެއް ފޭށޭނެ ކަމަށެވެ.

ނ. އަތޮޅަށް މި ހިދުމަތް ފެށުމުގެ ގޮތުން މާދަމާއިން ފެށިގެން ހަފްތާއެއްގެ ނިޔަލަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހިލޭ އެއްވެސް އަގެއް ނުނަގާ ގޮތަށް، އަހުލުވެރިކުރުމުގެ ދަތުރުތަކެއްގެ ގޮތުގަ އެވެ.

އަގު ނަގަން ފަށާނީ އަންނަ މަހުގެ 2 އިން ފެށިގެން ނަމަވެސް، ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް އާރްޓީއެލް ފެރީގައި އަބަދުވެސް ހިލޭ ދަތުރުކުރެވޭނެ އެވެ.

އެމްޓީސީސީން ބުނިގޮތުގައި ނ. އަތޮޅުގެ ދަތުރުތައް ކުރިއަށް ދާނީ ތިން ރޫޓަކަށް ބަހާލައިގެންނެވެ. އަދި މި  ހިދުމަތުގައި ބޭނުންކުރާ ލޯންޗުތަކަކީ 50 މީހުންގެ ޖާގައިގެ. އޭސީ ކޮށްފައި ހުންނަ، އިށީނދެ ތިބެން އަރާމު ސީޓުތަކަކާ އެކު ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން ލޯންޗަށް އަރައި ފޭބޭނެ އަދި އެ މީހުންނަށް ފަސޭހައިން ފާހާނާ ވެސް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ލޯންޗުތަކެއްކަމަށް އެމްޓީސީސީން ބުންޏެވެ.

އާރުޓީއެލްގެ ޚިދުމަތް ނ. އަތޮޅުގައި ފެށުމަށްފަހު ޖުމްލަ 9 އަތޮޅެއްގައި މިހާރު މި ޚިދުމަތް އަންނަނީ ދެމުންނެވެ.  އެއީ، ޒޯން 1 ގެ ހއ، ހދ، ށ. އާއި ޒޯން 2 ގެ ނ، ޅ. އާއި، ޒޯން 5 ގއ، ގދ. އަދި ޒޯން 6 ގެ ޏ، އާއި ސ. އަތޮޅުގަ އެވެ.

 ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށާނީ އަންނަ ސެޕްޓެމްބަރުމަހު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.