ވޯލްޑް ކަޕްގެ ޓީީމު ތަކުގެ ތެރެއިން ކޮލަމްބިއާ

ކޮލަމްބިއާގެ ފުޓްބޯޅަ ޓީމް
ކޮލަމްބިއާގެ ފުޓްބޯޅަ ޓީމް

 

16 އަހަރަށްފަހު ވޯލްޑްކަޕްގައި ތަމްސީލު ކުރުމަށް މިފަހަރު ކޮލަމްބިއާ ނިކުންނާނީ މުބާރާތުގައި ރަނގަޅު ހިސާބަކަށް ދިއުމުގެ އުއްމީދުގައެވެ. އެންމެފަހުން ކޮލަމްބިއާ ވޯލްޑްކަޕްގައި ވާދަކޮށްފައި ވަނީ 1998 ވަނަ އަހަރު ފްރާންސް ގައި އޮތް މުބާރާތުގައެވެ. އެފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ވަކިވާންޖެހުނު ކޮލަމްބިއާއަށް މިހާތަނަށް ވޯލްޑްކަޕްގައި އެންމެ ކުރިއަށް ދެވުނީ 1990 ވަނަ އަހަރު އިޓަލީގައި އޮތް މުބާރާތުގެ ދެވަނަބުރަށެވެ.

ދެކުނު އެމެރިކާ ސަރަހައްދުގެ ގްރޫޕްގައި އާޖެންޓީނާގެ ފަހަތުން ދެވަނަ ހޯދައި މިފަހަރުގެ ވޯލްޑަކަޕަށް އެޓީމު ކޮލިފައިވީ ކުޅުނު 16 މެޗުގެ ތެރެއިން 3 މެޗުން ބަލިވެ، 9 މެޗުން މޮޅުވެ އަދި 3 މެޗުން އެއްވަރުކޮށްގެންނެވެ. މިފަހަރުގެ މުބާރާތާއި ކުރިމަތިލާއިރު އެޓީމުގެ ކޯޗެއްގެ ގޮތުގައި ހުންނާނީ 2006 ވަނަ އަހަރު އާޖެންޓީނާ ގޮވައިގެން ގަދަ އަށަކަށް ދަތުރުކުރި އުމުރުން 65 އަހަރުގެ ޖޯސޭ ޕެކަރމަން އެވެ. މާބޮޑަށް ޑިފެންސިވް ވިސްނުން ހުންނަކަމަށް ބުނެ އާޖެންޓީނާގެ ކޯޗުކަމުން ވަކިކުރި ޕެކަރމަން ކޮލަމްބިއާގެ ޓީމުގައިވެސް ބޭނުންކުރީ ހަމަ އެ ގޭމް ޕްލޭންއެވެ. އޭނާ ވަނީ އެޓީމު ހިމެނުނު ގްރޫޕުން އެންމެ މަދުން ގޯލް ވަން ޓީމުގެ ގޮތުގައި ކޮލަމްބިއާ ވޯލްޑްކަޕަށް ކޮލިފައި ކޮށްދީފައެވެ. ކޮލަމްބިއާ ކޮޅަށް ކޮލިފައިންގައި ވަނީ 13 ގޯލެވެ.

ބައިނަލްއަޤްވާމީ ފުޓްބޯޅައިގައި މިހާތަނަށް ކޮލަމްބިއާއަށް ކާމިޔާބު ކުރެވިފައިވާ ހަމައެކަނި މުބާރާތަކީ 2001 ވަނަ އަހަރު އަމިއްލަ ޤައުމުގައި ބޭއްވި ކޮޕާ އެމެރިކާއެވެ. މަޝްހޫރު ކާލޯސް ވެލްޑްރާމާ ނިސްބަތްވާ ކޮލަމްބިއާގައި ފުޓްބޯޅައިގެ ހުނަހުރި އާ ޖީލެއް އުފެދިފައިވާއިރު މިފަހަރުގެ ވޯލްޑްކަޕްގައި ރަނގަޅު ކާމިޔާބަކާއި ހަމައަށް ދިއުމަކީ އެޓީމަށް ވެދާނެކަމެއް ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނެއެވެ. ފަސްވަނަ ފަހަރަށް ވޯލްޑްކަޕަށް ކޮލިފައިވެފައިވާ ކޮލަމްބިއާގެ އިތުރުން އެ ގްރޫޕްގައި ދެން ހިމެނުނީ ގްރިސް، އައިވަރީކޯސްޓް އަދި ޖަޕާންއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.