ވޯލްޑް ކަޕްގެ ޓީީމު ތަކުގެ ތެރެއިން ގްރީސް

ގްރީސް ޓީމް
ގްރީސް ޓީމް

 

ހައިރާންކުރުވަނިވި ގޮތަކަށް 2004 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ގްރީސް މިފަހަރުގެ މުބާރާތާއި ކުރިމަތިލަނީ އެފަދަ ނަތީޖާތަކެއް ތަކުރާރު ކުރުމުގެ އުއްމީދުގައެވެ. މީގެ ކުރިން އެޓީމު ވޯލްޑްކަޕްގައި ކުޅެފައިވަނީ 1994 ވަނަ އަހަރާއި 2010 ވަނަ އަހަރުއެވެ. ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވިފައިނުވާ ގްރީސް ޓީމު މިފަހަރުގެ މުބާރާތަށް ކޮލިފައިވީ، އެޓީމު ހިމެނުނު ގްރޫޕްގެ ދެވަނަ މަޤާމް ހޯދައި ޕްލޭއޮފްގައި ރޮމޭނިއާގެ މައްޗަށް ކުރި ހޯދައިގެންނެވެ. ބޮޑަށް ދިފާއީ ކުޅުމެއް ކުޅޭ ގްރީސް މިފަހަރުގެ ކޮލިފައިންގަވެސް މޮޅުވި 8 މެޗްގެ ތެރެއިން 5 މެޗުން މޮޅުވީ 0-1 ގެ ނާތީޖާއިންނެވެ.

2004 ވަނަ އަހަރު ޕޯޗުގަލް ރޮއްވާލުމަށްފަހު ގިނަ ބަޔަކަށް ސިހުން ގެނެސްދިން ގްރީސް ޓީމަކީ ފަހަކަށް އައިސް ޔޫރަޕްގެ ޓީމުތަކާއި ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޓީމެކެވެ. ނަމަވެސް ދުނިޔޭގެ ގަދަބާރުތައް ބަލިކޮށްފައި ކާމިޔާބާއި ހަމައަށް ދިއުމަކީ ފަސޭހަ ކަމެއް ނޫންކަމަސް ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކުން ބުނެއެވެ. ގްރޫޕް ސްޓޭޖް ހުރަސް ކުރުމަށް މިފަހަރު އެޓީމް ވާދަކުރަން ޖެހޭނީ، ކޮލަމްބިއާ، ޖަޕާން އަދި އައިވަރީކޯސްޓާއެވެ. 1994 ވަނަ އަހަރު އެމެރިކާގައި ބޭއްވި މުބާރާތުން ގްރީސް ކެޓީ ގޯލެއްވެސް ނުޖެހިއެވެ. ނަމަވެސް 2010 ވަނަ އަހަރުގެ މުބާރާތުގައި އެޓީމް، ނައިޖީރިއާގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދައި ގްރޫޕްގެ ތިންވަނަ ހޯދިއެވެ.

2010 ވަނަ އަހަރުގެ ޖުލައިމަހު ގްރީސްގެ ކޯޗުކަމާއި ހަވާލުވި ޕޯޗުގަލްއަށް އުފަން ފެނާންޑޯ ސަންޓޮސްގެ އިރުޝާދުގެ ދަށުން އެޓީމުވަނީ ޔޫރޯ 2012 ގެ ކުއާޓަރ ފައިނަލާއި ހަމައަށް ދަތުރުކޮށްފައެވެ.

އުމުރުން 37 އަހަރުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ޖިއޯޖިއަސް ކަރަގޫނިސްގެ ކެޕްޓަންކަމުގެ ދަށުން އެޓީމު ކުޅެންޖެހޭ ފުރަތަމަ މެޗްގައި ވާދަކުރަން ޖެހޭނީ ޖޫން 14 ވަނަ ދުވަހު ކޮލަމްބިއާ އާއެވެ. ކަރަގޫނިސް އަކީ 2004 ވަނަ ހޯދި އާދަޔާހިލާފު ކާމިޔާބީ ހޯދި އިރުވެސް އެޓީމްގެ ކެޕްޓަންއެވެ. މިފަހަރުގެ ވޯލްޑްކަޕަކީ އޭނާގެ ފަހު ވޯލްޑްކަޕެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.