ވޯލްޑް ކަޕްގެ ޓީމު ތަކުގެ ތެރެއިން ޖަޕާން

ޖަޕާނު ފުޓްބޯޅަ ޓީމް
ޖަޕާނު ފުޓްބޯޅަ ޓީމް

 

ފުޓްބޯޅައިގައި އޭޝިޔާގެ އެންމެ ކާމިޔާބު އެއްޤައުމު ކަމަށްވާ ޖަޕާން އެންމެ ފުރަތަމަ ވޯލްޑްކަޕްގައި ވާދަކުރީ 1998 ވަނަ އަހަރުއެވެ. ޖެހިޖެހިގެން ފަސްވަނަ ވޯލްޑްކަޕްގައި ވާދަކުރާ ޖަޕާން ޓީމް މިފަހަރުގެ މުބާރާތަށް ކޮލިފައިވީ އެޓީމު ހިމެނުނު ގްރޫޕްގެ އެއްވަނަ 17 ޕޮއިންޓާއިއެކު ފަސޭހަކަމާއި އެކު ހޯދައިގެންނެވެ. އޭޝިޔާގެ އުއްމީދާއި ގުޅިފައިވާ ޖަޕާނަކީ ސަރަހައްދީ  ފުޓްބޯޅައިގައި ކާމިޔާބު ޤައުމެކެވެ. ވޯލްޑްކަޕް ކާމިޔާބުކުރެވިފައި ނެތްނަމަވެސް އެޓީމްވަނީ 2002 ވަނަ އަހަރާއި 2010 ވަނަ އަހަރުގެ މުބާރާތުގެ ދެވަނަބުރާއި ހަމައަށް ގޮސްފައެވެ. މީގެ އިތުރުން އެޓީމްވަނީ ސަރަހައްދީ މުބާރާތް “އޭޝިއަން ކަޕް” ހަތަރު ފަހަރު ހޯދައި އެންމެ ގިނައިން އެ މުބާރާތް ކާމިޔާބު ކުރި އޭޝިޔާގެ ޓީމަށް ވެފައެވެ. މީގެ އިތުރުން 2001 ވަނަ އަހަރުގެ ފީފާ ކޮންފެޑަރޭޝަންސް ކަޕްގެ ދެވަނަ މަޤާމްވެސް ޖަޕާން ވަނީ ހޯދާފައެވެ.

2002 ވަނަ އަހަރު އަމިއްލަ ޤައުމުގައި ބޭއްވި މުބާރާތުގައި ގްރޫޕްގެ އެއްވަނަ ހޯދައި ދެވަނަބުރުގައި ތުރުކީ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެ އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި އެޓީމުޖެހުނީ މުބާރާތާއި ވަކިވާށެވެ. ޖަޕާން ޓީމަށް މޮޅު ކުޅުމެއް ދައްކައިދީފައިވަ ހިދެތޯށީ ނަކާޓާއާއި، ޝުންސުކެ ނަކަމޫރާފަދަ ކުޅުންތެރިން ނެތި މިފަހަރުގެ މުބާރާތާއި ކުރިމަތިލާއިރު އެޒިންމާ އަދާކުރުމަށް ކެއިސުކެ ހޮންޑާގެ ދައުރު ބޮޑުވާނެކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނެއެވެ. ހިލޭޖެހުންތައް ކާމިޔާބު ކުރުމަށް މޮޅު ހޮންޑާގެ އިތުރުން ޖަޕާން ޓީމްގެ ކުރި ބަލަހައްޓާ ޝިންޖީ އޮކަޒާކާއާއި، މެންޗެސްޓަރ ޔުނިޓެޑަށް ކުޅެމުން އަންނަ ޝިންޖީ ކަގާވާގެ ދައުރުވެސް ބޮޑުވާނެކަމަށް ބެލެވެއެވެ. އޮކަޒާއަކީ ކޮލިފައިންގައި އޭޝިޔާ ސަރަހައްދުން ޖުމްލަ 8 ގޯލާއި އެކީ އެންމެ ގިނަ ގޯލް ކާމިޔާބުކުރި ކުޅުންތެރިޔާއެވެ.

ޖަޕާން ޓީމުގެ ކޯޗަކީ 2010 ވަނަ އަހަރުން ފެށިގެން އެ މަޤާމް ފުރަމުން އަންނަ އިޓަލީއަށް އުފަން އުމުރުން 60 އަހަރުގެ އަލްބާޓޯ ޒަކެރޯނީއެވެ. ކޯޗެއްގެ ގޮތުން ގިނަ ކްލަބް ތަކަކަށް އެހީތެރިވެދީފައިވާ ޒަކެރޯނީ ވަނީ ޖަޕާނަށް 2011 ވަނަ އަހަރުގެ އޭޝިއަން ކަޕް ހޯދައިދީފައެވެ. ވޯލްޑްކަޕްގައި ކުރާ ފުރަތަމަ ތަޖުރިބާގައި ޒަކެރޯނީ ނިކުންނާނީ އައިވަރީކޯސްޓާއި ދެކޮޅަށެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.