މުވައްޒަފުން ނުކުމެ ކައުންސިލް އިދާރާގައި ކުލަ ލައިފި

ބ. އަތޮޅު ކައުންސިލް އިދާރާގައި މުވައްޒަފުން ކުލަލަނީ -- ފޮޓޯ / ކައުންސިލް އިދާރާ
ބ. އަތޮޅު ކައުންސިލް އިދާރާގައި މުވައްޒަފުން ކުލަލަނީ — ފޮޓޯ / ކައުންސިލް އިދާރާ

 

ބ. އަތޮޅު ކައުންސިލް އިދާރާގެ އިމާރާތުން ކުލަވެއްޓި ގިނަދުވަސް ވެފައިވާތީ، އެތަނުގެ މުވައްޒަފުން ނުކުމެ އިމާރާތުގައި ކުލަލައިފި އެވެ.

ބ. އަތޮޅު ކައުންސިލް އިދާރާގެ ނައިބް ރައީސް މަބްރޫކް ނަސީރު މިއަދު ވިދާޅުވީ ކައުންސިލް އިދާރާގެ އިމާރާތުގައި މުވައްޒަފުން ކުލަ ލާފައިވަނީ އެމީހުންގެ އަމިއްލަ އިސްނެގުމުގެ މަތިން ކަމަށެވެ.

“ކައުންސިލުން ބޭއްވި ސްޓާފް މީޓިން އެއްގައި މުވައްޒަފުން އަމިއްލައަށް އިސްނަގައިގެން މިކަން ކުރުމަށް ނިންމީ. ކައުންސިލުން ތަކެތި ދިނުމުން މުވައްޒަފުން ނުކުމެ މިދިޔާ ހަފްތާވަނީ ކުލަލާ ނިންމާލާފައި. ހުރިހާ މުވައްޒަފުންގެ ވެސް ސަޕޯޓް ވަރަށް ބޮޑަށް މިކަމުގައި ލިބުނު،” މަބުރޫކް ވިދާޅުވި އެވެ.

ބ. އަތޮޅު ކައުންސިލް އިދާރާގައި މުވައްޒަފުން ކުލަލަނީ -- ފޮޓޯ / ކައުންސިލް އިދާރާ
ބ. އަތޮޅު ކައުންސިލް އިދާރާގައި މުވައްޒަފުން ކުލަލަނީ — ފޮޓޯ / ކައުންސިލް އިދާރާ

ބ. އަތޮޅު ކައުންސިލް އިދާރާގެ އިމާރާތުގައި ކުލަ ލުމުގައި އެތަނުގެ ހުރިހާ މުވައްޒަފުން ކަހަލަ ގޮތަކަށް ވަނީ ބައިވެރިވެފައެވެ. މިއީ މީގެ 10 އަހަރުކުރިން އެ އިމާރާތް ހުޅިވި ފަހުން ކުލަ އާ ކުރި ފުރަތަމަ ފަހަރެވެ.

ކުލަލުމުގެ މަސައްކަތުގައި އެ އިދާރާގެ ކައުންސިލަރުންވެސް ވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. މރީ

    ނަމޫނާއެއް އެހެން އޮފީސްތަކަށް. ސްކޫލުގައިވެސް މިގޮތަށް މުވައްޒަފުން ބައިވެރި ކުރުވައިގެން ކަންކަން ކުރުވާނަމަ ހާދަ ފައިސާއެއް ސޭވް ކުރެވޭނެ އޭ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.