ޔޫތު ޗެމްޕިއަންޝިޕްގެ ގުރުލުން ބާއްވައިފި


އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް 2013 ގެ ގުރުލުން މިއަދު ބާއްވައިފިއެވެ. އެފްއޭއެމްހައުސްގައި މިއަދު މެންދުރު 1:30 ގައި ބޭއްވި ގުރުލުމުގެ ރަސްމިއްޔާތުގައި އޭދަފުށީ ޒުވާނުންގެ ކުލަބުގެ ފަރާތުން ބައިވެރިވީ ޓީމުގެ މެނޭޖަރު އަލީ ސާރިފެވެ.

ފުރަތަމަ ޔޫތު ޗެމްޕިއަންޝިޕްގެ ޗެންޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އިތުރުން އޭވައިއެލް އާއި ވީބީ އައްޑޫ އެފްސީ އާއެކު އޭދަފުށި ލައްވާލީ ގުރޫޕް 1 ގައެވެ. ވެލެންސިއާ، ނިއު ރޭޑިއަންޓް އަދި ބީޖީ ސްޕޯޓްސް ކްލަބާއެކު އެންމެ ފަހުގެ ޗެމްޕިއަން ވިކްޓްރީ ހިމެނިފައިވަނީ ގުރޫޕު 2 ގައެވެ. ގުރޫޕް 3 ގައި ހިމެނެނީ އީގަލްސް އާއި މަހިބަދޫ އާއި ކެލާ ނާޅީގެ އިތުރުން ގްރީން ސްޓްރީޓެވެ.

ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޖެނުއަރީ 11 ވާ ހުކުރު ދުވަހު އޭދަފުށީ ޓީމު ވީބީ އައްޑޫ އެފްސީއާ ބައްދަލުކުރަން ޖެހޭއިރު، ޖެނުއަރީ 18 ވާ ހުކުރު ދުވަހު ބައްދަލު ކުރަންޖެހެނީ ކްލަބް އޭވައިއެލްއާއެވެ. ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖެނުއަރީ 25 ވާ ހުކުރު ދުވަހު ބައްދަލުކުރަން ޖެހެނީ މާޒިޔާއާއެވެ. މި ހުރިހާ މެޗެއްވެސް ކުޅުން ހަމަޖެހިފައި ވަނީ ގަލޮޅު ރަސްމީ ދަނޑުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.