ޓީބީ ތްރީ އޮން ތްރީ މިއަހަރުވެސް

ޓީބީ ތްރީ އޮން ތްރީ މުބާރާތުގައި މިދިޔަ އަހަރު ކުޅެނީ-- ފޮޓޯ / ޓީބީ
ޓީބީ ތްރީ އޮން ތްރީ މުބާރާތުގައި މިދިޔަ އަހަރު ކުޅެނީ– ފޮޓޯ / ޓީބީ

 

 

ވޭތުވެ ދިޔަ 4 އަހަރެކޭ އެއްގޮތަށް ރޯދަމަހާ ދިމާކޮށް ކްލަބް ދަ ބިގިނާސް އިން އޭދަފުށީގައި ބާއްވަމުން އަންނަ ތްރީ އޮން ތްރީ ފުޓްބޯޅަ މުބާރާތް މިއަހަރުވެސް އޮންނާނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

އޭދަފުށީ ޒުވާނުންނަށް ހުޅުވާލައިގެން މިމަހުގެ 29 ވަނަ ދުވަހު ފަށާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކްލަބް ދަ ބިގިނާސް އިން މިއަދު ވަނީ ހުޅުވާލައިފި އެވެ.

ދަ ބިގިނާސް އިން ބުނިގޮތުގައި މިއަހަރުގެ މުބާރާތުގައިވެސް ބައިވެރި ކުރާނީ މުއްދަތު ހަމަވުމުގެ ކުރިން ބައިވެރިވުމުގެ ފީ އާއެކު ފުރަތަމަ ފޯމް ހުށަހަޅާ 15 ޓީމެވެ. އޭގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަަން ވެލާ ސްޕޯޓްސް އަށް ވަނީ އޮޓޮމެޓިކުން މުބާރާތުން ޖާގަ ލިބިފަ އެވެ. ބައިވެރިވުމުގެ ފޯމް ކްލަބް ދަ ބިގިނާސްގެ އޮފީހުންނާއި، 7789383 ނަންބަރ ފޯނަށް ގުޅުމުން ލިބޭނެއެވެ. ފޯމް ބަލައިގަތުމުގެ އެންމެފަހުގެ ތާރީހަކީ 20 ޖޫން 2014 ވާ ހުކުރު ދުވަހުގެ 22:00 އެވެ.

މުބާރާތުގައި ބައިވެރިވުމަށް 500ރ. ދައްކަން ޖެހޭއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހު 20 ގެ ނިޔަލަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.