ވޯލްޑް ކަޕްގެ ޓީމުތަކުގެ ތެރެއިން އަލްޖީރިޔާ

އަލްޖީރިޔާ ފުޓްބޯޅަ ޓީމް
އަލްޖީރިޔާ ފުޓްބޯޅަ ޓީމް

އެފްރިކާ ސަރަހައްދުން ވޯލްޑްކަޕަށް ކޮލިފައިވި އަލްޖީރިޔާ އަކީ މުބާރާތުގައި ވިދުން ފަނޑު ޓީމެކެވެ. މީގެ ކުރިން 1982 އަދި 1986 އަދި 2010 ވަނަ އަހަރު ވޯލްޑްކަޕްގައި ވާދަކޮށް ހުރިހާ މުބާރާތެއްގެވެސް ގްރޫޕް ސްޓޭޖުން އެޓީމްވަނީ ކަޓާފައެވެ. ނަމަވެސް ވޯލްޑްކަޕްގެ ފުރަތަމަ ބައިވެރިވުމުގައި އެޓީމްވަނީ ގްރޫޕް ސްޓޭޖްގައި ވެސްޓް ޖާމަނީ އަދި ޗިލީ ބަލިކޮށްފައެވެ. އެހެންކަމުން އަލްޖީރިޔާ ވެގެންގޮސްފައި ވަނީ ވޯލްޑްކަޕްގެ ތާރިޚުގަވެސް އެފްރިކާ ޓީމަކުން މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ދެމެޗުން މޮޅުވި ފުރަތަމަ ޓީމަށެވެ. އެފަހަރުގެ މުބާރާތުން އަލްޖީރިޔާ ކެޓީ ގޯލުގެ ތަފާތުން ވެސްޓް ޖާމަނީ އަދި އޮސްޓްރިއާގެ މައްޗަށް ކުރި ނުލިބުމުންނެވެ.

އެންމެ ފަހުން ވާދަކުރި ދެ ވޯލްޑްކަޕްގަވެސް އަލްޖީރިޔާ މެޗަކުން މޮޅުވެފައި ނުވާއިރު 2010 ވަނަ އަހަރު ސައުތް އެފްރިކާގައި ބޭއްވި މުބާރާތުން އެޤައުމު ކެޓީ ގޯލެއްވެސް ނުޖެހިއެވެ. ވޯލްޑްކަޕްގައި ކުރިއެރުމެއް ލިބިފައިނުވާ އަލްޖީރިޔާއަށް ފުޓްބޯޅައިގައި މިހާތަނަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބަކީ 1990 ވަނަ އަމިއްލަ ޤައުމުގައި ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަމެވެ. މިފަހަރުގެ ކޮލިފައިންގެ ދެވަނަ ރައުންޑްގައި ފަސޭހަކަމާއި އެކު ގްރޫޕްގެ އެއްވަނަ ހޯދި އަލްޖީރިޔާ ޕްލޭއޮފްގައި ވާދަކުރަންޖެހުނީ ބާކިނޯ ފަސޯ އާއެވެ. އެފްރިކަން ކަޕް އޮފް ނޭޝަންސް ގެ ފައިނަލްގައި އެއްކޮޅުން ވާދަކުރި ބާކިނޯ ފަސޯ އަތުން ފުރަތަމަ ލެގްގައި 3-2 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް އަމިއްލަ ޤައުމުގައި 1-0 ގެ ނަތީޖައަކުން މޮޅުވެ އަލްޖީރިޔާ މުބާރާތަށް ކޮލިފައިވީ ރަށުން ބޭރުގައި ޖެހި ދެގޯލާއި އެކުއެވެ.

ވާހިދް ހަލިހޮޒިޗްގެ އިރުޝާދުގެ ދަށުން މުބާރާތާއި ކުރިމަތިލާއިރު އޭނާ އަކީ 2010 ވަނަ އަހަރުގެ ވޯލްޑްކަޕަށް އައިވަރީ ކޯސްޓް ކޮލިފައި ކޮށްދިން ކޯޗެވެ. ނަމަވެސް މުބާރާތް ފެށެން ތިންމަހަށް ވެފައި ވަނިކޮށް އެޤައުމުގެ ކޯޗުކަމުން އޭނާ ވަނީ ވަކިކޮށްފައެވެ.  ޔޫގޯސްލާވިއާއަށް އުފަން ހަލިހޮޒިޗް އަލްޖީރިޔާގެ ކޯޗުކަމާއި ހަވާލުވީ 2011 ވަނަ އަހަރުގެ ޖުލައިމަހުއެވެ.

ވޯލްޑްކަޕްގައި އާދާއިގެ ޓީމެއްގެ ގޮތުގައި ސިފަކުރެވޭ އަލްޖީރިޔާ ޓީމްގެ މުހިއްމު ކުޅުންތެރިންގެ ތެރޭގައި މާޖިދް ބޮގެރާއާއި އިސްލާމް ސިލިމާނީގެ އިތުރުން މެދީ ލަސެން ހިމެނެއެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.