ދިރާގުން ވޯލްޑް ކަޕްގެ މެޗުތައް ލައިވް ސްޓްރީމް ކުރަނީ

ވޯލްޑް ކަޕް ލައިވް ސްޓްރީމިންއާ ބެހޭ ގޮތުން ސަލްސާ ރޯޔަލްގައި ދިރާގުން މިއަދު މައުލޫމާތު ދެނީ. -- ހަވީރު ފޮޓޯ
ވޯލްޑް ކަޕް ލައިވް ސްޓްރީމިންއާ ބެހޭ ގޮތުން ސަލްސާ ރޯޔަލްގައި ދިރާގުން މިއަދު މައުލޫމާތު ދެނީ. — ހަވީރު ފޮޓޯ

މިރޭ ފަށާ މި އަހަރުގެ ވޯލްޑް ކަޕް މުބާރާތުގެ މެޗުތައް ދިރާގުގެ ކަސްޓަމަރުންނަށް ވަގުތުން ބެލޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ވޯލްޑް ކަޕާ ދިމާކޮށް ދިރާގުން ކުރިއަށް ގެންދާ “€ދިރާގު ވޯލްޑް ކަޕް ސީޒަން”€ ފެށުމުގެ ގޮތުން ސަލްސާ ރޯޔަލްގައި މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ ޕްރޮޑަކްޓް މެނޭޖަރު އެންޓަޕްރައިސަސް އަބްދުﷲ އަޒްމީ ވިދާޅުވީ މި އަހަރުގެ ވޯލްޑް ކަޕް މިރޭ ފަށާއިރު، ކަސްޓަމަރުންނަށް މެޗު ވަގުތުން ބެލޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ކަސްޓަމަރުން ބޭނުން ނަމަ ހުރިހާ މެޗެއްް ވެސް ބެލިދާނެ ކަމަށެވެ. އަދި އެމީހަކު ބޭނުންވާ ވަކި މެޗްތަކެއް ވެސް ބެލިދާނެ އެވެ.

ވޯލްޑް ކަޕްގެ 64 މެޗު ބަލަން ބޭނުންވާ މީހުން “އޯލް” ޖެހުމަށް ފަހު 500 އަށް މެސެޖް ކުރުމުން ހުރިހާ މެޗެއް ބެލުމުގެ ފުރުސަތު ލިބެ އެެވެ. އަދި ވަކި މެޗެއް ބަލަން ބޭނުންވާ މީހުން “ޑޭ”€ ޖެހުމަށް ފަހު 500 އަށް މެސެޖް ކުރުމުން އެ ދުވަހުގެ މެޗްތަކެއް ބެލުމުގެ ފުރުސަތު ލިބެ އެވެ. ހުރިހާ މެޗެއް ބެލުމަށް ޗާޖްކުރާނީ 149ރ. ޗާޖު ކުރެ އެވެ. އަދި ވަކި ދުވަހެއްގެ ބެލުމަށް ލުމަށް ޗާޖު ކުރަނީ 29ރ. އެވެ.

ވޯލްޑް ކަޕް މެޗުތައް ބެލުމަށް ޑޭޓާ ޕެކޭޖަށް ސަބްސްކްރައިބް ކުރެއްވުމަށް ދިރާގުން އެދެ އެވެ.

އަޒްމީ ވިދާޅުވީ ލައިވް ސްޓްރީމްކޮށް މެޗު ބެލުމުގެ ފުރުސަތު ޕްރިޕެއިޑާއި ޕޯސްޓް ޕެއިޑުގެ އިތުރުން މޮޑަމް ބޭނުންކުރާ މީހުންނަށް ވެސް އޮންނާނެ ކަމަށެވެ.

“€œދިރާގުގެ ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ހޯދާ ފަރާތްތަަކަށް ވެސް ލައިވް ސްޓްރީމިން ފެންނާނެ. މޮބައިލް ފޯނު ތަކަށް މިދެނީ ދޭއް އެމްބީޕީއެސްގެ ސްޕީޑުގައި. އެހެން ގޮތްގޮތަށް ހިދުމަތް ހޯދާ ފަރާތްތަކަށް އެޗްޑީ ކޮލިޓީގައި މި ހިދުމަތް ލިބޭނެ،”€ އަޒްމީ ވިދާޅުވި އެވެ.

ދިރާގުން މެޗްތައް ސްޓްރީމް ކުރަނީ ޝްވެކް މޯލްޑިވްސްއާ ގުޅިގެންނެވެ.

ދިރާގުން ވަނީ ވޯލްޑް ކަޕާ ދިމާކޮށް “€œއެސްއެމްއެސް އެންޑް ވިން” ގެ ނަމުގައި ޕްރޮމޯޝަނެއް ފަށާފަ އެވެ. މި ޕްރޮމޯޝަންގައި “€œޑަބްލިޔުސީ ޖެހުމަށްފަހު 588 އަށް އެސްއެމްއެސް ކުރުމުން ހާއްސަ އިނާމުތަކެއް ލިބެ އެވެ. ލިބޭ އިނާމުގެ ތެރޭގައި ޕެނަސޮނިކް ޓީވީ ފަދަ ގިނަ އިނާމުތަކެއް ހިމެނެ އެވެ.

އެ ކުންފުނިން ބުނީ ވޯލްޑް ކަޕުގެ ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ ހަރަކާތަކެއް ފެނިގެންދާނެ ކަމަށެވެ. އަދި އެ ކުންފުންޏާ ގުޅިގެން ވޯލްޑް ކަޕް ޕްރޮމޯޝަން ކުރިއަށް ގެންދާ ސަލްސާގައި މެޗުބެލުމުގެ އިންތިޒާމު ވެސް ވަރަށް ފުރިހަމައަށް ވަނީ ހަމަޖައްސާފަ އެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.