އާއިލީ ޑޮކްޓަރުންގެ ޚިދުމަތަކަށް ރަޖިސްޓްރީވުމަށް އަނެއްކާވެސް ހުޅުވާލައިފި

 

ބ. އަތޮޅުހޮސްޕިޓަލުން ހިދުމަތް ހޯދަން ގޮސް ތިބި ބައެއް: މި ދުވަސްވަރު މިރަށުގައި ވައިރަލް ހުމެއް ފެތުރެމުންދާ ކަމަށް ހޮސްޕިޓަލުން ބުނޭ.-ފައިލް ފޮޓޯ
ބ. އަތޮޅުހޮސްޕިޓަލުން ހިދުމަތް ހޯދަން ގޮސް ތިބި ބައެއް:

 

ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް ފޯރުކޮށްދިނުމުގެ ޕްރޮގްރާމުގެ ދަށުން ބ. އަތޮޅުގައި ދިރިއުޅޭ މީހުންގެ ތެރެއިން އެ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ މީހުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ބ. އަތޮޅު ހޮސްޕިޓަލުން އަނެއްކާވެސް ހުޅުވާލައިފި އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ބ. އަތޮޅުގެ ރައްޔިތުން ވީހާވެސް އަވަހަކަށް ރަޖިސްޓްރީ ވުމަށް އެ ހޮސްޕިޓަލުންވަނީ އިލްތިމާސްކޮށްފަ އެވެ. މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބ. އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން ރެޖިސްޓްރޭޝަން ފޯމެއް ފުރަން ޖެހެއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން މިއަހަރު ކުރީކޮޅު މި ޕްރޮގްރާމުގައި ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި ރައްޔިތުންގެ ފަރާތުން މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެ އެވެ. 13000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ މިއަތޮޅުން އެ ފަހަރު މި ޕްރޮގްރާޟުގައި ރަޖިސްޓްރީވީ 400 އެއްހާ މީހުންނެވެ

“ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް” ހަމަޖެއްސުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންނެވި ވައުދެކެވެ.

މި ޕްރޮގްރާމުގެ ދަށުން މި ޚިދުމަތް ފޯރުކޮށްދެނީ އާއިލީ ޑޮކްޓަރެއްގެ ގޮތުގައި ކަނޑައަޅާ މެޑިކަލް އޮފިސަރެއްގެ އިތުރުން ނަރުހުންނާއި އިތުރު ސިއްހީ ޚިދުމަތްތެރިއެއް އެކުލެވޭ ޓީމަކުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.