އޭދަފުށީ އޯޕަން ބެޑްމިންޓަން މުބާރާތް މިރޭ ފަށަނީ

ބީޑީސީ އިން ބޭއްވި ބެޑްމިންޓަން ޓްރޭނިން ޕްރޮގްރާމުގެ ތެރެއިން. އޭދަފުށީ އޯޕަން ބެޑްމިންޓަން މުބާރާތް މިރޭ ފަށާެނެ.
ބީޑީސީ އިން ބޭއްވި ބެޑްމިންޓަން ޓްރޭނިން ޕްރޮގްރާމުގެ ތެރެއިން. އޭދަފުށީ އޯޕަން ބެޑްމިންޓަން މުބާރާތް މިރޭ ފަށާެނެ.

 

އޭދަފުށީ އޯޕަން ބެޑްމިންޓަން މުބާރާތް މިރޭ ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

އާއްމުކޮށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި 65 ކުޅުންތެރިން ވާދަކުރާއިރު އެއީ 45 ފިރިހެން އަދި 20 އަންހެން ކުޅުންތެރިންނެވެ.  ގައުމީ ބެޑްމިންޓަން މުބާރާތުގައި ކުޅެފައިވާ ކުޅުންތެރިންނަށް މި މުބާރާތުގައި ބައިވެރިއެއް ނުވެ ވެއެވެ.

އޭދަފުށީ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމެޓީ (ބީޑީސީ) އިން ބުނީ މި މުބާރާތަކީ އޭދަފުށީގައި ބެޑްމިންޓަން ކުޅުންތެރިން އުފެއްދުމަށާއި ބެޑްމިންޓަންގެ ފޯރި އިތުރު ކުރުމުގެ ގޮތުން ބާއްވާ މުބާރާތެއް ކަމަށެވެ.

މި މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އޯޕަން އިވެންޓުތަކެވެ. އެއީ އޯޕަން ސިންގަލްސް އަދި  ޑަބަލްސް އެވެ.

މުބާރާތުގެ ހުރިހާ އިވެންޓެއްވެސް ކުޅޭނީ ނޮކްއައުޓް އުސޫލުންނެވެ.  މުބާރާތާބެގޭ އިތުރު މައުލޫމާތު ބީޑީސީގެ ފޭސްބުކް ޕޭޖުން ލިބޭނެ ކަމަށް އެ ކޮމެޓީން ބުނެއެވެ.

އޭދަފުށީ ބީޑީސީން ވަނީ ދާދިފަހުން ބެޑްމިންޓަން 10 ދުވަހުގެ ޓްރޭނިން ޕްރޮގްރާމެއްވެސް ބާއްވައިފަ އެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.