އަތޮޅު ތެރޭގެ ސިއްހީ ދާއިރާ އޮތީ ވަރަށް ބަލިކަށިކޮށް: އާދިލް

ބ. އަތޮޅު ކައުންސިލަރުން ތައާރަފުވުމުގެ ގޮތުން ފަޅުތެރެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން-- ފޮޓޯ / ނަވާލު
ބ. އަތޮޅު ކައުންސިލަރުން ތައާރަފުވުމުގެ ގޮތުން ފަޅުތެރެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން– ފޮޓޯ / ނަވާލު

 

ބ. ފެހެންދޫން؛ ފާތުމަތު ޒުހުދާ

ބ. އަތޮޅުގެ ގިނަ ރަށްރަށުގެ ސިއްހީ ޚިދުމަތްދޭ ތަންތަނުގައި ހުންނަން ޖެހޭ އިކުއިޕްމަންޓްސް އާއި މެޝިނަރީސްތައް ހުރީ ހަލާކުވެފައި ކަމަށާއި ސިއްހީ ދާއިރާއޮތީ ވަރަށް ބަލިކަށިކޮށް ކަމަށް ބ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު އާދިލް ވިދާޅުވެއްޖެ އެވެ.

ބ. އަތޮޅު ކައުންސިލަރުން ތައާރަފުވުމުގެ ގޮތުން ފަޅުތެރޭ ތިން ރަށް ކަމުގައިވާ ފުޅަދޫ، ފެހެންދޫ، އަދި ގޮއިދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު “އީޓީ” އަށް ދެއްވި އިންޓަވިއުއެއްގައި އާދިލް ވިދާޅުވީ އަތޮޅު ތެރޭގެ ގިނަ ރަށްރަށުގައި ހުސްނުވާ އާސަންދައިގެ ދަށުން ސިއްހީ ޚިދުމަތްދޭ ތަންތަނުން ހިލޭ ބޭސް ލިބޭނެ ގޮތެއްވެސް ރައްޔިތުންނަށް ނޯންނަ ކަމަށެވެ.

“އަޅުގަނޑުމެންނަށް ވަރަށް ފާހަގަ ކުރެވުނު ސިއްޙީ ދާއިރާ ވަރަށް ބަލިކަށިކޮށް މިއޮތީ. ގިނަ ރަށްރަށުގަ ސިއްޚީ ޚިދުމަތްދޭ ތަންތަނުގައި ހުންނަން ޖެހޭ އިކުއިޕްމަންޓްސް ނުހުރޭ. މެޝިނަރީސްތައް ހުންނަނީ ހަލާކުވެފަ. ހަމައެހެންމެ ހުސްނުވާ އާސަންދައިގެ ދަށުން ރަށުގެ ސިއްޚީ ޚިދުމަތް ދެއްވާ ތަންތަނުން ހިލޭ ބޭސް ލިބޭނޭ ގޮތެއް ރަށްރަށުގައި ދިރިއުޅޭ ނިކަމެތި ރައްޔިތުންނަކަށް ނޯވޭ” އާދިލް ވިދާޅުވި އެވެ.

ބ. އަތޮޅު ކައުންސިލަރުން ތައާރަފުވުމުގެ ގޮތުން ފަޅުތެރެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން-- ފޮޓޯ / ނަވާލު
ބ. އަތޮޅު ކައުންސިލަރުން ތައާރަފުވުމުގެ ގޮތުން ފަޅުތެރެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން– ފޮޓޯ / ނަވާލު

އާދިލު ވިދާޅުވި ގޮތުގައި ތަޢުލީމީ ދާއިރާވެސް އޮތީ ހަމަ އެފަދަ ހާލަތެއްގައި ކަމަށާއި. ބ. އަތޮޅުގެ ގިނަ ރަށްރަށުގައި ގުރުއާން ކިޔަވައިދޭނެ ޓީޗަރުންވެސް ނެތްކަމަށެވެ. ހަމަ އެހެންމެ ކަރަންޓްގެ ޚިދުމަތްވެސް ގިނަ ރަށްރަށުގައި އެދެވޭ ގޮތެއްގައި ނުލިބޭ ކަމަށް އާދިލް ވިދާޅުވި އެވެ.

ކައުންސިލްގެ 2 ވަނަ ދައުރަށް އިންތިޚާބުވި ކައުންސިލަރުން ތައާރަފު ވުމަށް މި މަހުގެ 18 އިން 19 އަށް ކުރިއަށް ގެންދިޔަ  މި ދަތުރުގައި ރައްޔިތުންނަށް އަސާސީ ޚިދުމަތް ދެއްވަމުން ގެންދަވާ މުއައްސަސާތަކުގެ ބޭފުޅުންނާއި ބައްދަލު ކުރައްވައި ޚިދުމަތް ދިނުމުގައި ހުރި ދަތިތައް އޮޅުން ފިލުއްވައި، ރަށްރަށުގެ ޢާއްމު ހާލަތު ބައްލަވާ ލެއްވި އެވެ.

އާދިލް ވިދާޅުވީ މި މައްސަލަތައް ހައްލުކުރުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓްގެ ތާށިކަން ކަމަށާއި ނަމަވެސް މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި ރަށު ކައުންސިލްތަކާއި ގުޅިގެން އަތޮޅުކައުންސިލުން ކޮށްދެވެންހުރި މަސައްކަތެއް ކޮށްދެއްވާނެ  ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އަޙްމަދު ރަޝީދު / ސީޓޭ

    ޢާއްމު ޚިދުމަތްތައް ބަލިކަށިވެފައިވަނީ ހަމަ އެކަނި ބ.އަތޮޅުގައެއްނޫން. މުޅި ދިވެހި ރާއްޖޭގެ ޙާލަތަކީވެސް އެއީ. ރައްޔިތުންގެ ޙައްޤުތައް ހޯދޭނީ އެ ޙައްޤުތައް ހޯދުމަށް ރައްޔިތުން ނުކުމެގެން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.