އޭދަފުށީ ފުޓްސަލް ދަނޑު އަޅަން ބަޔަކާ ހަވާލުކޮށްފި

މުބާރާތުހައި ތައުލީމީ މަރުކަޒާއި އަތޮޅު ކައުންސިލު ކުޅޭނީ- ފޮޓޯ / ނިއަމިފޮޓޯ
އޭދަފުށީގައި ބޭއްވި ފުޓްސަލް މުބާރާތެއްގައި ކުޅެނީ. މިރަށޫގައި ފުޓްސަލް ދަނޑެއް އެޅުމަށް މިއަދު ވަނީ ބަޔަކާ ހަވާލުކޮށްފައި  ފޮޓޯ / ނިއަމިފޮޓޯ

 

ރާއްޖޭގެ ބޮޑެތި ރަށްތަކުގައި ސްޕޯޓްސް އެރީނާ ހެދުމަށް ހިންގާ މަޝްރޫއުގެ ދަށުން ބ. އޭދަފުށީގައި ފުޓްސަލް ދަނޑެއް އެޅުމަކަށް ލޯން ސްޓާ ޓްރޭޑިންއާ މިއަދު ހަވާލުކޮށްފި އެވެ.

 ބ. އޭދަފުށީގެ އިތުރުން އިތުރު 13 ރަށެއްގެ ފުތްސަލް ދަނޑުއެޅުމަށް ހަ ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ.

ނޭޝަނަލް ސްޓޭޑިއަމްގައި މިއަދު ހެނދުުނު ބޭއްވި ރަސްމިއްޔާތެއްގައި ފުޓްސަލް ދަނޑުތައް އެޅުމުގެ އެއްބަސްވުން ކުންފުނިތަކާ ހަވާލުކޮށްދެއްވީ ޔޫތް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ ސްޕޯޓް އެރީނާ ހެދުމުގެ މަޝްރޫއުގެ ދަށުން 35 ފުޓްސަލް ދަނޑެއް ހަދާނެ ކަމަށެވެ. އަދި މި ދަނޑުތަކުގެ ތެރެއިން ބައެއް ދަނޑުތައް ހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި އެސްޓީއޯ އަދި އެމްއެންޑީއެފްގެ އިތުރުން ރޯޑް ކޮންސްޓްރަކްޝަން ކުންފުނިން ބައެއް ރަށްރަށުގައި މިހާރު ވެސް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

14 ރަށެއްގައި ފުޓްސަލް ދަނޑު ހަދަން ކުންފުނިތަކާ ހަވާލު ކުރުމުގައި ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް އިސްކަން ދީފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ގާތްގަނޑަކަށް 17.6 މިލިއަން ރުފިޔާގެ މި މަޝްހޫރުގެ ދަށުން ފުޓްސަލް ދަނޑުތައް އަޅާ ރަށްތަކީ އޭދަފުށީގެ އިތުރުން ހއ، ކެލާ، ރ. އަލިފުށި، ކ. ކާށިދޫ، ހއ. އިހަވަންދޫ، ހއ. ހޯރަފުށި، ލ.ގަން، ލ. ފޮނަދޫ، ށ. ފުނަދޫ، ށ. މިލަންދޫ، ދ. ކުޑަހުވަދޫގެ އިތުރުން ގއ. ގައްދޫ އާއި އިތުރުން އދ. މާމިގިއްޔެވެ.

 މި ރަށްރަށުގައި ދަނޑުތައް އެޅުމަށް އިއުލާނުކޮށްގެން މި މަޝްރޫއު ކާމިޔާބު ކުރި ކުންފުނިތަކަކީ ބެސްޓް ޕްރައިސް ހާޑްވެއާ އާއި މައްސާހް ކޮންސްޓްރަކްޝަންގެ އިތުރުން ގޮތިކް ކޮންސްޓްރަކްޝަން އާއި ބިލްޑިއާ ކޮންސްޓްރަކްޝަން އަދި ކާފް ހޯލްޑިންގްގެ އިތުރުން ލޯން ސްޓާ ޓްރޭޑިންނެެވެ.

 2000ން މަތީގެ ކޮންމެ އާބާދީއެއްގައި މިއަހަރުތެރޭގައި ސްޕޯޓްސް އެރީނާ ގާއިމްކުރުމަށް ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓްގެ ދަށުން ބ. އަތޮޅުގައި ދެން ފުޓްސަލް ދަނޑު ތުޅާދޫގަ އެވެ. އެ ދަނޑުގެ މަސައްކަތް މިދިދޔަ މާޗްމަހު ވަނީ އެމްޓީސީސީ އާ ހަވާލުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.