އޮފީސްތައް ގުޅިގެން މާހެފުމެއް ބާއްވަނީ

އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި މާހެފުން ބޭއްވުމަށް މަޗްވަރާ ކުރަނީ-- ފޮޓޯ / އަތޮޅު ކައުންސިލް
އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި މާހެފުން ބޭއްވުމަށް މަޗްވަރާ ކުރަނީ– ފޮޓޯ / އަތޮޅު ކައުންސިލް

 

 

ބ. އޭދަފުށީގައިހުރި ސަރުކާރު އޮފީސް އަދި ކުންފުނިތައް ގުޅިގެން މާހެފުމެއް ބޭއްވުމަށް ތައްޔާރުވަމުން އެބަގެންދެ އެވެ.

ހުރިހާ އޮފީސްތައް ގުޅިގެން ބާއްވާ މާހެފުމާ ބެހޭގޮތުން އަތޮޅު ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރު ހުސައިން ޝިމްހާދު ވިދާޅުވީ މާހެފުން އޮންނާނީ އަންގާރަ ދުވަހުގެ ރޭ 8:30 ގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ކަމަށެވެ.

ޝިމްހާދު ވިދާޅުވީ މި މާހެފުމަކީ ބަރަކާތްތެރި ރަމަޟާން މަަހަށް މަރުހަބާ ކިޔުމުގެ ގޮތުންނާއި، ހުރިހާ މުއައްސަސާތަކުގެ މުވައްޒަފުން އެއްތަނަކުން ބައްދަލުވެ އެއްބައިވަންތަކަން އާލާ ކުރުމުގެ ގޮތުން ބާއްވާ ހަރަކާތެއް ކަމަށެވެ. އަދި މިއީ މިއަހަރުގެ ސިވިލް ސާވިސް ދުވަހުގެ ހަރަކާތްތަކާވެސް ގުޅުވައިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަތޮޅު ކައުންސިލުން ބުނީ އެ އިދާރާއިން އިސްނަގައިގެން ކުރިއަށް ގެންދާ މި މާހެފުމަކީ އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އިޖްތިމާއީ ރޫހު އާލާކޮށް ތަފާތު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އިވެންޓަކަށް ވާނެ ކަމަށެވެ. މި މާހެފުމުގައި ގިނަ އޮފީސް/ކުންފުނިތަކުން ބައިވެރިވާނެ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

ރޯދަމަހަށް މަރުހަބާ ކިޔުމުގެ ގޮތުން ވަކވަކިން އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި ކޮންމެ އަހަރަކުވެސް މާހެފުން ދަނީ ބާއްވަމުންނެވެ. ނަމަވެސް ފަހަކަށް އައިސް ހުރިހާ އޮފީސްތަކެއް ގުޅިގެން މާހެފުމެއް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.