ބެޑްމިންޓަން މުބާރާތުގެ ފައިނަލަށް ކުޅުންތެރިން ހޮވިއްޖެ

ބެޑްމިންޓަން މުބާރާތުގެ މެޗެއްގައި ކުޅެނީ: ފައިނަލަށް ކުޅުންތެރިން ވަނީ ހޮވިފައި. --
ބެޑްމިންޓަން މުބާރާތުގެ މެޗެއްގައި ކުޅެނީ: ފައިނަލަށް ކުޅުންތެރިން ވަނީ ހޮވިފައި. —

 

ބ. އޭދަފުށީގައި މިހާރު ކުރިއަށްދާ އޭދަފުށީ އޯޕަން ބެޑްމިންޓަން މުބާރާތުގެ ފައިނަލަށް ކުޅުންތެރިން ހޮވިއްޖެ އެވެ.

މުބާރާރުތުގެ 13 އަހަރުން ދަށުގެ ފައިނަލަށް ހޮވިފައިވަނީ ހަސަން ނަޝީތު އާއި މުހައްމަދު އަބާން އަލީ އެވެ. މި ގްރޫޕުގެ އަންހެން ފައިނަލަށް ހޮވުނީ ސަރާ އަބްދުއްސައްތާރު އާއި އައިޝަތު ތުހުފާ ރިފާއު އެވެ. މި ގްރޫޕްގެ ފިރިހެން ޑަބަލްސް ފައިނަލުގައި ވާދަކުރާނީ އަބާން އަލީ އާއި ހަސަން ނަޝީތުގެ ޕެއާ އާއި މިފްޒާލް އަބްދުލްބާރީ އާއި ޖަޒްލާން އެވެ.

16 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ފައިނަލަށް ހޮވިފައިވަނީ މުހައްމަދު މާހު އާއި އަލީ ނާއިލް ނިމާލު އެވެ. އަންހެން ފައިނަލަށް ހޮވުނީ އައިޝަތު މާޔާ ނިޔާޒު އާއި އައިޝަތު ނަފްހަތު އެވެ. ޑަބަލްސް ފައިނަލުގައި ކުޅޭނީ އައިޝަތު މާޔާ ނިޔާޒު އާއި އައިޝަތު ތުހުފާ ރިފާއު އަދި ހަނާ ހަމްދީ އާއި ސަރާ އަބްދުއްސައްތާރު އެވެ.

މީގެ އިތުރުން 19 އަހަރުން މަތީގެ ފިރިހެން ސިންގަލްސް ފައިނަލުގައި ކުޅޭނީ އިލްޔާސް ހުސައިން އާއި ޝާފީ އަލީ އެވެ. އަންހެން ފައިނަލަށް ހޮވުނީ ތޮމީނާ އަބްދުއްރަހްމާން އާއި ޖުނައިނާ ޖާދުﷲ އެވެ. ފިރިހެން ޑަބަލްސް ފައިނަލަށް ހޮވުނީ އަބްދުލް މަތީން އާއި އިލްޔާސް ހުސައިންގެ ޕެއާ އާއި މަބްރޫކް އަލީ އާއި ޝަފީ އަލީގެ ޕެއާ އެވެ.

އަންހެން ޑަބަލްްސް ފައިނަލުގައި ކުޅޭނީ ނާޒްނީން ޔޫސުފް އާއި ތޮމީނާ އަބްދުއްރަހްމާންގެ ޕެއާ އާއި އައިޝަތު ރިޝްމީ އަދި ސަޖާއަތު އިބްރާހިމްގެ ޕެއާ އެވެ.

ފައިނަލް މެޗުތައް އަންގާރަ ދުވަހުގެ ހަވީރާއި ރޭގަނޑު އަދި ބުދަ ދުވަހުގެ ހަވީރު ކުރިއަށްދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.