ފެމިލީ ޑޮކްޓަރުންގެ ޕްރޮގްރާމުގައި ރަޖިސްޓްރީ ކުރުމަށް “ދޮރުން ދޮރަށް”

ފެމިލީ ޑޮކްޓަރުންގެ ޕްރޮގްރާމުގައި ރަޖިސްޓްރީ ކުރުމަށް އަތޮޅު ހޮސްޕިޓަލުން ކުިރއަށްގެންދާ "ދޮރުން ދޮރަށް" ކެމްޕޭންގެ ތެރެއިން-- ފޮޓޯ / އަތޮޅުހޮސްޕިޓަލް
ފެމިލީ ޑޮކްޓަރުންގެ ޕްރޮގްރާމުގައި ރަޖިސްޓްރީ ކުރުމަށް އަތޮޅު ހޮސްޕިޓަލުން ކުިރއަށްގެންދާ “ދޮރުން ދޮރަށް” ކެމްޕޭންގެ ތެރެއިން– ފޮޓޯ / އަތޮޅުހޮސްޕިޓަލް

 

“ކޮންމެ އާއިލާ އަކަށް ޑޮކްޓަރެއް” ޕްރޮގްރާމާބެހޭ މައުލޫމާތު ދިނުމަށާއި މި ޕްރޮގްރާމުގައި ރަޖިސްޓްރީ ނުކޮށް ހުރި ފަރާތްތައް ރަޖިސްޓްރީ ކުރުމުގައި އެހީވެދިނުމަށް ބ. އަތޮޅުގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން “ދޮރުން ދޮރަށް” ހިނގަން ފަށައިފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ އެސިސްޓެންޓް މެނޭޖަރު މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ އާއިލީ ޑޮކްޓަރުގެ ހިދުމަތަށް ރަޖިސްޓްރީ ކުރުމަށް މީގެ ކުރިން ހުޅުވާލީ ފުރުސަތުގައި އާއްމުންގެ ފަރާތުން މާބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް އަތޮޅުގެ ރައްރަށުގެ ސިއްހީ ދާއިރާގެ މުވައްޒަފުންގެ ބުރަ މަސައްކަތާއެކު ކުރިއަށް ގެންދާ “ދޮރުން ދޮރަށް” ކެމްޕޭން ގެ ސަބަބުން ހީވެސް ނުކުރާވަރުގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

“މި ޕްރޮގްރާމަށް އަތޮޅުން ލިބޭ ތަރުހީބު ވަރަށްބޮޑު. މިހާތަނަށް މިއަތޮޅުން 3000 އަށްވުރެ ގިނަމީހުން ވަނީ ރަޖިސްޓްރީ ކޮށްފައި. އޭދަފުށިން އެކަނިވެސް 1200 އެއްހާ މީހުންވަނީ ރަޖިސްޓްރީ ކޮށްފައި. އަމާޒަނީ އެހެން އަތޮޅުތަކަށްވުރެ ކުރިން ވީހާޥެސް ގިނަ ރައްޔިތުން މި ޕްރޮގްރާމުގައި ރަޖިސްޓްރީ ކުރުން،” މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

ފެމިލީ ޑޮކްޓަރުންގެ ޕްރޮގްރާމުގައި ރަޖިސްޓްރީ ކުރުމަށް އަތޮޅު ހޮސްޕިޓަލުން ކުިރއަށްގެންދާ "ދޮރުން ދޮރަށް" ކެމްޕޭންގެ ތެރެއިން-- ފޮޓޯ / އަތޮޅުހޮސްޕިޓަލް
ފެމިލީ ޑޮކްޓަރުންގެ ޕްރޮގްރާމުގައި ރަޖިސްޓްރީ ކުރުމަށް އަތޮޅު ހޮސްޕިޓަލުން ކުިރއަށްގެންދާ “ދޮރުން ދޮރަށް” ކެމްޕޭންގެ ތެރެއިން– ފޮޓޯ / އަތޮޅުހޮސްޕިޓަލް

 

މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ މިދިޔަ ހަފްތާއިން ފެށިގެން ކުރިއަށް ގެންދާ “ދޮރުން ދޮރަށް” ކެމްޕެއިނުގައި ފެމެލީ ޑޮކްޓަރުންގެ ޕްރޮގްރާމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ އިތުރުން، ރަޖިސްޓްރީ ނުކޮށް ހުރި ފަރާތްތަކަށް ފޯމު ދޫކޮށް ފޯމު ފުރުމަށް ވެސް މުވައްޒަފުން އެހީތެރިވެދޭނެ އެވެ.

“ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް” ހަމަޖެއްސުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންނެވި ވައުދެކެވެ.

މި ޕްރޮގްރާމުގެ ދަށުން މި ޚިދުމަތް ފޯރުކޮށްދެނީ އާއިލީ ޑޮކްޓަރެއްގެ ގޮތުގައި ކަނޑައަޅާ މެޑިކަލް އޮފިސަރެއްގެ އިތުރުން ނަރުހުންނާއި އިތުރު ސިއްހީ ޚިދުމަތްތެރިއެއް އެކުލެވޭ ޓީމަކުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. m.riza.r

    ހެޔޮނުވާނެ ތިކަން ހުއްޓާލާ! ޤައުމުގައި ޕްރޮފެޝަނަލް ޑޮކްޓަރުން ނެއް ނެތް، ހޮސްޕިޓަލް ތަކުގައި ޑޮކްޓަރުންނެއް ނެތް ފެމެލީ ޑޮކްޓަރ މާލޭގައި ، ބަލިމީހާ ރަށުގައި ،އާސަންދައިން ކޮޓަރި ކުލި ދެއްކޭ ގޮތައް ހަމަޖެހުމުން ނޫނީ ބަލިވީމާ ފެމެލީ ޑޮކްޓަރަށް ދައްކަން މާލޭގައި މަޑުކުރެވޭނެ އެއްވެސް ގޮތެއްނެތް ؟ ދެން މިހާރު އަވަހަކަށް އިންތިހާބެއްވެސް ނެތެއްނޫން؟ ކޮންކަމަކާ ތެޅިގަނެގެން ބ.އަތޮޅުގައި ތިކަމެއްފަށައިގެން ތިއުޅެނީ ؟ މާލެ އަތޮޅުން ވެސް އެއްވެސް ތަރުހީބެއް ނުލިބުނު ދެންމިދިޔައީ ކޮހުންނާ ދިމާލަށް ” ކިޔަންރަގަޅު ޚަބަރު ލިޔެވޭނެ ބ. އަތޮޅު އޭދަފުށިން

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.