ކައުންސިލުން އިންޖީނުގެއަށް ޖަނަރޭޓަރެއް ހަދިޔާކޮށްފި

އިއްޔެ އޭދަފުއްޓަށް ގެނައި ޖަނަރޭޓަރުގެ ކައިރީގައި ފެނަކަގެ މުވައްޒަފުން މަޑުކޮށްލައިގެން: އެ ޖަނަރޭޓަރުގެ ސަބަބުން ކަރަންޓްގެ މައްސަލަ އަށް ހައްލެއް ލިބޭނެ ފޮޓޯ/ ނަވާލް
އިއްޔެ އޭދަފުއްޓަށް ގެނައި ޖަނަރޭޓަރުގެ ކައިރީގައި ފެނަކަގެ މުވައްޒަފުން މަޑުކޮށްލައިގެން: އެ ޖަނަރޭޓަރުގެ ސަބަބުން ކަރަންޓްގެ މައްސަލަ އަށް ހައްލެއް ލިބޭނެ ފޮޓޯ/ ނަވާލް

 

ބ. އޭދަފުއްޓަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރަން 450 ކިލޯވޮޓްގެ ޖަނަރޭޓަރެއް އޭދަފުށީ ކައުންސިލުން މިރަށު އިންޖީނުގެއަށް އިއްޔެ ހަދިޔާކޮށްފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ އޭދަފުށީ އިންޖީނުގޭގެ މެނޭޖަރު އަލީ ޝަފީގު މިއަދު “އީޓީ” އަށް ވިދާޅުވީ ކައުންސިލުން ހަދިޔާކުރީ ސެކަންޑް ހޭންޑް ޖަނަރޭޓަރެއް ކަމަށެވެ. އަދި ޖަނަރޭޓަރާއެކު ޕެނަލް ކޭބަލްތަކާއި ސައިލެންސަރު އަދި އެހެނިހެން ސާމާނުވެސް ހަދިޔާކޮށްފައިވާ ކަމަށެވެ.

އަލީ ޝަފީގު ވިދާޅުވީ އެ އިންޖީނު ބަހައްޓަން ކުރަން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި އަމާޒަކީ ވީހާވެސް އަވަހަކަށް އެ އިންޖީނުގެ ބޭނުން ހިފަން ފެށުން ކަމަށެވެ.

އިއްޔެ އޭދަފުއްޓަށް ގެނައި އާ ޖަނަރޭޓަރު ބޭލުމުގެ މަސައްކަތުގައި އިންޖީނުގޭގެ މުވައްޒަފުން ހަރަކާްތެރިވަނީ. އެ ޖަނަރޭޓަރުގެ ސަބަބުން ކަރަންޓްގެ މައްސަލަ އަށް ހައްލެއް ލިބޭނެ : ފޮޓޯ/ ނަވާލް
އިއްޔެ އޭދަފުއްޓަށް ގެނައި ޖަނަރޭޓަރު ބޭލުމުގެ މަސައްކަތުގައި އިންޖީނުގޭގެ މުވައްޒަފުން ހަރަކާްތެރިވަނީ. އެ ޖަނަރޭޓަރުގެ ސަބަބުން ކަރަންޓްގެ މައްސަލަ އަށް ހައްލެއް ލިބޭނެ : ފޮޓޯ/ ނަވާލް

 

“އިންޖީނު ބެހެއްޓުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މުވައްޒަފުން މިދިޔަ ހަފްތާއިން ފެށިގެންދަނީ ކުރަމުން. ކުރަންޖެހޭ ކުދިކުދި މަރާމާތުތައް ނިމުން އިންޖީނު އިންސްޓޯލްކޮށް ވަގުތީގޮތުން ބޭނުންކުރަން ފެށޭނެ.” އަލީ ވިދާޅުވި އެވެ.

“މީގެ ސަބަބުން ލޯޑް މަތިވެގެން ދޭތެރެ ދޭތެރެ އިން ކަރަންޓް ކަނޑާލަން ޖެހޭ މައްސަލަ އަށް ވަގުތީ ހައްލެއް އަންނާނެ.”،

އޭދަފުއްޓަށް ކަރަންޓްގެ ހިދުމަތް ދިނުމަށްޓަކައި މިރަށު އިންޖީނު ގޭގައި މި ވަގުތު ބޭނުން ކުރަނީ ތިން ޖަނަރޭޓަރެކެވެ. އެ ތިން ޖަނަރޭޓަރުން މި ވަގުތު އުފެއްދެނީ 750 މެގަވޮޓްގެ ކަރަންޓެވެ. ނަމަވެސް އެ ޖަނަރޭޓަރުތަކުގެ ހާލަތު ދަށްވެފައިވާތީ ފުލް ކެޕޭސިޓީގައި ކަރަންޓް ދިނުމަކީ ނުވާނެކަމެއްކަމަށް މިރަށު އިންޖީނުގެއިން ބުނެއެވެ.

އޭދަފުށީ ކައުންސިލުން އިންޖީނުގެއަށް ހަދިޔާކުރި އިންޖީނު، އިންޖީނުގެއަށް ގެންދިއުމުގެ މަސައްކަތް ކުރަނީ  އެ ޖަނަރޭޓަރުގެ ސަބަބުން ކަރަންޓްގެ މައްސަލަ އަށް ހައްލެއް ލިބޭނެ : ފޮޓޯ/ ނަވާލް
އޭދަފުށީ ކައުންސިލުން އިންޖީނުގެއަށް ހަދިޔާކުރި އިންޖީނު، އިންޖީނުގެއަށް ގެންދިއުމުގެ މަސައްކަތް ކުރަނީ އެ ޖަނަރޭޓަރުގެ ސަބަބުން ކަރަންޓްގެ މައްސަލަ އަށް ހައްލެއް ލިބޭނެ : ފޮޓޯ/ ނަވާލް

 

އޭދަފުށީ އިންޖީނުގެއިން ބުނީ މިރަށަށް ދިމާވެފައިވާ ކަރަންޓަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ފެނަކަ އާއި ގުޅިގެން 600 ކިލޯވޮޓްގެ އާ ޖަނަރޭޓަރެއް ގެނައުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. m.riza.r

    މަންނޫނާ އަށް ސަލާމް ،، ކަދުރުބަހަނީވެސް ކައުންސިލް މެދުވެރިވެގެން ، ރިވެޓްމަންޓް ޖަހަންވެސް ކައުންސިލް މެދުވެރިވޭ
    ކުނި ގޮނޑު ސާފުކުރައިރުވެސް އެއްމެ އިސްކޮށްތިބޭނީ ކައުންސިލަރުން އެހެން ކޮންބައެއް ތިބެންވީ އޭދަފުށިގައި ކުރާކަންތަކުގައި މެދުވެރިވާން ؟ ހަދިޔާކުރީ ނަޒީރު ، މެދުވެރިވީ ކައުންސިލުން ހިދުމަތް ލިބެނީ ރައްޔިތުންނަށް ….ދެން އޯކޭ އެއް ނޫން ……..

    ރައްދު
  2. މަންނޫނާ އަބްދުﷲ ޖަވާހިރުމާގެ

    ކެނެރީ، ތިޔައީ އޭދަފުށި ކައުންސިލުގެ މަސައްކަތުން ހޯދި އިންޖީނެއް. ނަޒީރު ދިނަސް، ހޯދީ ކައުންސިލް މެދުވެރިވެގެން.

    ރައްދު
  3. ކެނެރީ

    ތީ ޗާންދަނީގެ ނަޒީރު ދިން އެއްޗެއްނު. ކައުންސިލުން ކޮންތާކުން އިންޖީނެއް ދެވޭނީ..

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.